ޚަބަރު

ފްރާންސްގެ އުފެއްދުންތައް ބޯއިކޮޓް ކުރީ މާތް ﷲ އަށްޓަކައި، ދެރަގޮތެއް ނުވާނެ: ސްޓޭކްހައުސް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުސްލިމުންނާއި އިސްލާމްދީނާ ދެކޮޅަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން ދެއްކި ވާހަކަތަކުގެ ސަބަބުން ދުނިޔޭގެ އެތައް މުސްލިމުންނެއް އެޤައުމުގެ އުފެއްދުންތައް ބޯއިކޮޓް ކޮށްފައިވާއިރު، އެހަރަކާތުގައި ރާއްޖޭގައި ހިންގާ ކޮފީޝޮޕެއް ވެސް ގުޅިއްޖެއެވެ.

Ads by Sosun Fihaara

ހުޅުމާލޭ ގައި ހިންގާ "ސްޓޭކް އެންޑް ކޮފީ ބާ" (ސްޓޭކްހައުސް) އިން ވަނީ، އެތަނުގައި ބޭނުންކުރާ ފްރާންސްގެ ހުރިހާ އުފެއްދުންތަކެއް ބޯއިކޮޓް ކޮށްފައިވާކަން އިއުލާނު ކޮށްފައެވެ.

ނަން ހާމަ ނުކުރުމަށް އެދި ސްޓޭކްހައުސް ގެ އިސްވެރިއަކު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެތަނުން ކާނާ ތައްޔާރު ކުރުމަށާއި އެހެން ވެސް ބޭނުންތަކަށް، ފްރާންސްގެ އުފެއްދުންތައް ބޭނުންކުރުން ހުއްޓާލީ މިދިޔަ ހޯމަ ދުވަހުގެ ރޭ ކަމަށެވެ.

ސްޓޭކްހައުސް އިން ބޯއިކޮޓް ކުރި ފްރާންސްގެ އުފެއްދުންތަކުގެ ތެރޭގައި، އެލްކޮހޯލް ނުހިމެނޭ ރެޑް ވައިން އާއި، ޚާއްސް ސޯސް އަކާއި، ހަ ވައްތަރެއްގެ ކާނާ ތައްޔާރު ކުރުމަށް ބޭނުންކުރާ ޚާއްސަ އިންގްރީޑިއެންޓެއް ވެސް ހިމެނެއެވެ.

"އަަޅުގަނޑު ހާހެއް ނުވޭ އެކާނާތައް ތައްޔާރުކުރަން އެތަކެތި ނޭޅުނީމަ ލިބިދާނެ ގެއްލުމަކަށް. އަޅުގަނޑަށް މުހިންމީ އިސްލާން ދީނާއި މާތް ރަސޫލާ (ޞޢޥ). ފްރާންސް ގެ އުފެއްދުންތައް ބޯއިކޮޓް ކުރަން ނިންމީ މާތް ﷲ އަށްޓަކައި.  إِنْ شَاءَ ٱللَّٰهُ‎ ދެރަ ގޮތެއް ނުވާނެ" ސްޓޭހައުސް ގެ އެމީހާ ބުންޏެވެ.

މައުލޫމާތު ދިން މީހާ އޭނާގެ ނަން ހާމަ ނުކުރަން އެދުނީ ވެސް މިއީ އޭނާ ހެޔޮހިތުން މާތް ﷲ އަށްޓަކައި އަދި އިސްލާމްދީނަށްޓަކައި ނިންމި ނިންމުމަކަށް ވުމުން، އެއްވެސް ވަރަކަށް މަޝްހޫރުވާން ނޭދޭތީ ކަމަށް ވެސް އެމުސްލިމު އަޚާ ވިދާޅުވިއެވެ.

  1. މުހަންމަދު

    އޭނަޢަށް ހެޔޮ ރަޙުމަތް މިންވަރު ކުރައްވާށި!

    • ކާފަ

      ދަރިފުޅާ ހާސްވެެސްވާނެކަމެއްނެތް… މާތްﷲ ތިބާގެ މުދަލުގައި ބަރަކާތްލައްވާނެ..

    • ސާބަސް ހ

      ސާބަސް ހެޔޮ ރަޙުމަތް ލައްވާށި އާމީން

      • ޙުސައިން

        ދަރިފުޅާ ހާސްވެެސްވާނެކަމެއްނެތް… މާތްﷲ ތިބާގެ މުދަލުގައި ބަރަކާތްލައްވާނެ.

      • ސޭޓް

        بارك الله في ستيك هؤوس

  2. ރަނގަޅު

    ތި ނިންމި ނިންމުމުން ެެެެެެެެ އެހެން މީހުނަށްވެސް ހިތްވަރު ލިބޭނެ. މާތް ﷲ ތިބާޔަށް ރަހުމަތް ލަށްވާ ތިޔަ ވިޔަފާރީގައި ބަރަކާތް ލައްވާސި. އާމީން

  3. ށިމްމޯ

    ހެޔޮ ރަހުމަތަަށް އެދެން .އާމީން

  4. އިސްމާޢީލް

    ހެޔޮރަޙްމަތްލައްވާށި

  5. ޢަޙްް

    މާތްﷲތިބާގެެ މުދަލުގައ ބަރަކާތްް ލައްވާންދޭޭ… އާމީންް

  6. ާާަސަމް

    ހިތުގައިވާ ނިޔަތަކީ ހަމަ ހަގީގަތުގައި ވެސް ﷲ އަށްޓަކައި ކަމެއް ދޫކޮށްލުން ކަމުގައިވާނަމަ، ހަމަ ޔަގީނުންވެސް އެމީހުންގެ މުދަލުން މަދުވާނެ އެއްޗެއް ނުވާނެއެވެ.އަދި ހިތާމަ ކުރުމެއްވެސް ނެތެވެ. ކިއެއްތަ އޭގެ ބަދަލުގައި ﷲ އެމީހަކަށް ނިއުމަތް ދެއްވާނީ ހީވެސް ނުކުރާ ވަގުތު ތަކުގައި އެކި ދިމަދިމާއިން އޭގެ އެތައްގުނަ އިތުރަށް އަދި ފުރިހަމަައަށެވެ. މިފަދަ ތަޖުރިބާއެއް ކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން މިވާހަކަ ހިއްސާ ކޮށްލަން ބޭނުންވީ އެވެ.