ލައިފްސްޓައިލް

މިއޮތީ ކަފަބުރު ބޭނުންކޮށްގެން ކުރެވިދާނެ ވަރަށް ބޭނުންތެރި 5 ކަމެއް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކަފަބުރަކީ ގިނަ ބަޔަކު ބޭނުން ކުރާ އެއްޗެއް ކަން ޔަގީނެވެ. ކަފަބުރު ގިނަ މީހުން ބޭނުން ކުރަނީ ކަންފަތް ސާފު ކުރާށެވެ. ބައެއް ފަހަރަށް ނޭފަތް ސާފު ކުރުމަށެވެ. އަދި ބައެއް ފަހަރަށް މޭކަޕު ފިލުވުމަށެވެ. އެހެން ނަމަވެސް ކަފަބުރުން މިނޫން ވެސް އެކިކަހަލަ ބޭނުންތައް ކުރެވިދާނެއެވެ. އެއީ ވަރަށް މުހިއްމު ކަންކަން ކަމުގައި ވެސް ވެދާނެއެވެ.

މި ކިޔައިދެނީ ކަފަބުރު ބޭނުން ކޮށްގެން ކުރެވިދާނެ ވަަރަށް ބޭނުންތެރި 5 ކަމެކެވެ.

1- ކަފަބުރުން ކްރީމް ބޭނުން ކުރުން

ބޮލުގައި ލާ ޖެލް ނުވަތަ އެހެންވެސް ކްރީމެއް ބޭނުން ކުރަން ވެއްޖެ ނަމަ އަބަދުވެސް މިހާރު ބޭނުން ކުރަނީ އަތް ދޯއެވެ. އަބަދުވެސް އަތްލައިގެން ނޫނީ ކްރީމް ބޭނުމެއް ނުކުރަން ދޯއެވެ. ކްރީމް ދަޅުން ކްރީމް ނަގަނީ އެއަށް އަތް ލައިގެން ދޯއެވެ. މިގޮތަށް ކޮންމެ ފަހަރަކު އަތްލުމުން، ކްރީމް ދަޅުގެ ތެރެއަށް ޖަރާސީމު ދެއެވެ. އެހެންކަމުން، ކްރީމް ނެގުމަށް ކޮންމެ ފަހަރަކު އަތްލުމުގެ ބަދަލުގައި ކަފަބުރު ބޭނުން ކުރުމަކީ ސާފުތާހިރު ގޮތަކަށް ވެގެން ދެއެވެ.

2- ކަރަންޓު ސާމާނު ސާފު ކުރުން

ޒަމާނީ ޓެކްނޮލޮޖީ ތަރައްގީވެފައިވާ މިޒަމާނުގައި އަޅުގަނޑުމެން އެތައް ކަރަންޓު ސާމާނެއް ގެންގުޅެމެވެ. މި ކަރަންޓު ސާމާނުތަކުގެ ތެރެއަށް އެތައް ޖަރާސީމަކާއި ބެކްޓީރިއާ އެއް ހަރުލުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ސާފުކުރަން ބޭނުން ކުރާ ކޮންމެވެސް ކަހަލަ އެއްޗެއް ކަފަބުރުގައި ހޭކުމަށްފަހު ތިބާގެ ފޯނު، ޓެބްލެޓު އަދި ލެޕްޓޮޕް ވެސް ސާފުކޮށްލެވޭނެއެވެ. ހަމަ އެހެންމެ ކީބޯޑު ސާފުކުރާއިރު ހުންނަ ދެ އަކުރު ދޭތެރޭގައި ހުންނަ ކުދިކުދި ދޭތެރެތައް ވެސް ސާފު ކޮށްލެވޭނެއެވެ.

3- ހެއާރ ޑްރައިއަރ ސާފުކުރުން

ހެއާރ ޑްރައިއާރގެ ފަހަތުގައި މާގިނައިން ޖަރާސީމު ހަރުލާނަމަ އޭގައި އަލިފާން ރޯވުމަކީ ވެދާނެ ކަމެކެވެ. އެހެންކަމުން އަބަދުވެސް ހެއާރ ޑްރައިއަރ ސާފުކޮށް ބެހެއްޓުމަކީ ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމެކެވެ. މިކަން ކުރާނެ ގޮތަކީ، އޭގެ ދަށް ފަރާތް ހުޅުވުމަށްފަހު ކަފަ ބުރަކުން ސާފު ކުރުމެވެ.

4- ކުރަހަން ބޭނުން ކުރެވޭނެ

ގޭގައި ކުލަ ލާން ނުވަތަ ގޭގެ ފާރުތައް ރީތި ކުރުމަށް ކުރަހަން މިހާރު ކޮންމެހެން އަގުބޮޑެތި ފިހިތައް ގަންނާކަށް ނުޖެހެއެވެ. ނުވަތަ އަގުބޮޑެތި ރޯލަރު ތައް ގަންނާކަށް ނުޖެހެއެވެ. ކުރިން ގެންގުޅުނު ފިިހިތަކާއި ރޯލަރުތައް މިހާރު ވަރަށް ރަނގަޅަށް ސާފުކޮށްލެވޭނެއެވެ. ކަފަބުރު ބޭނުން ކޮށްގެންނެވެ.

5- ގަހަނާ ސާފުކުރުން

ގަހަނާ ސާފުކުރުމަށް ވެސް ކަފަބުރު ބޭނުން ކުރެވިދާނެއެވެ. އެގޮތުން ގަހަނާ ސާފުކުރަން ބޭނުން ކުރާ ކޮންމެ ވެސް އެއްޗެއް ބޭނުން ކޮށްގެން ތިބާގެ އަގޮނޓީގައި ނުވަތަ ކަންފަތުގައި ލާ ގަހަނާގައި ބޭނުން ކުރާށެވެ. ވަރަށް ރީއްޗަށް ސާފުކޮށްލެވޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!