ޚަބަރު

ސިޔަރަތު އަދި ކުރުވާހަކަތަކާއެކު، ރޯދަ މަހު ހުސްވަގުތު ފުރާލަން "ރޭޑިއޯ"

ދެން އެމްވީ ، ދެން އޮންލައިން

ދިވެހިން ތެރޭގައި މަގުބޫލު ރޭޑިޔޯ ވާހަކަތަކާއި، ޕްރޮގްރާމްތައް އޮންލައިންކޮށް އަޑުއަހާލެވޭ ވެބްސައިޓެއް ލޯންޗުކޮށްފިއެވެ.

Ads by STELCO

"ރޭޑިއޯ" ވެބްސައިޓް ފަރުމާކުރި އަޙްމަދު އަނަސް "ދެން" އަށް މަޢުލޫމާތުދެމުން ބުނެފައިވަނީ މި ވެބްސައިޓަކީ ރޭޑިޔޯއިން އަޑުއަހާ ދިވެހިންގެ ތެރޭގައި މަގުބޫލު ވާހަކަތަކާއި ޕްރޮގްރާމްތައް ކޮންމެ ގަޑިއަކުވެސް އަޑުއަހާލެވޭނެ ގޮތް މަގުފަހިކޮށްދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ ވެބްސައިޓެއް ކަމަށެވެ.

ހަމައެހެންމެ މި ވެބްސައިޓަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ހާއްސަކޮށްގެން ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ވެބްސައިޓެއް ކަމަށް އަނަސް ބުންޏެވެ.

"މުޅި ވެބްސައިޓު ހުންނާނީ ދިވެހި ބަހުން ، ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ހަދަން ދިވެހިން ހެދީ" އަނަސް ބުންޏެވެ.

"ރޭޑިއޯ" ވެބްސައިޓަށް ޒިޔަރާތްކުރުމަށް މި ލިންކަށް ފިއްތާލާ.

"ރޭޑިޔޯ" ވެބްސައިޓް އިން މިހާރުވެސް ކީރިތި ރަސޫލާގެ ސިޔަރަތާއި، ޝާހްޒާދާ މުމްތާޒް ވާހަކައާއި، ބޯމްބެ ވާހަަކައިގެ އިތުރުން މިއުރާޖް މައުލޫދުގެ ހުރިހާ އެޕިސޯޑެއް އަޑުއަހާލެވޭނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ވެބްސައިޓު އިތުރަށް ފުޅާ ކުރަމުން ދާނެ ކަމަށާއި، އެގޮތުން ބޮޑުތަކުރުފާނު ވާހަކަ އާއި، އަލިފް ލައިލާ ވާހަކަ އާއި، ދީނީ ދަރުސްތަކާއި، ދީނީ ވާހަކަތައް ހިމެނުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށް ދާކަމަށް އަނަސް ވަނީ ބުނެފައެވެ.

އަނަސް އިތުރަށް ބުނީ "ރޭޑިޔޯ" އަކީ މިރަމަޟާން މަހު، ގޭގައި ތިބެން ޖެހިފައިވުމާއެކު، ގޭގައި ތިބެގެން ފަސޭހަކަމާއެކު ސިޔަރަތު އަޑުއަހާލާ، ވާހަކަ އަޑުއަހާލުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން، ލޯތްބާއެކު ފަރުމާކޮށްފައިވާ ވެބްސައިޓެއް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!