Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ދީން

ގޭގެ މާޙައުލު އުފާވެރި ތަނަކަށް ހެދޭނީ އެކަކު އަނެކަކަށް ރަޙުމް ކޮށްގެން: ޚުތުބާ

ގޭގެ މާޙައުލު އުފާވެރި ތަނަކަށް ހެދޭނީ އެކަކު އަނެކަކަށް ރަޙުމް ކޮށްގެން: ޚުތުބާ

ގޭގެ މާޙައުލު އުފާވެރި ތަނަކަށް ހެދޭނީ އެކަކު އަނެކަކަށް ރަޙުމްކޮށް, އެކަކު އަނެކަކަށް ވަފާތެރި ވެގެން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލައިފައިވާ މައުޟޫއު އަކީ "މާތްﷲ ގެ ރަޙްމަތްފުޅުގެ ތަނަވަސްކަން" މިއެވެ.

<span class="s1">ޚުތުބާގައި</span> <span class="s1">ބުނެފައި</span> <span class="s1">ވަނީ ތިބާގެ އަހުލްބައިތުންނަށް ރަޙުމް ކުރުމުން ތިބާގެ ގެއަކީ ބާއްޖަވެރި އުފާވެރި ގެއަކަށް ބަދަލުވެގެންދާނެ ކަމަށެވެ. އަދި ރަނގަޅު ޖީލެއް އުފެދޭނީ ތިބާގެ ދަރިވަރުންނަށް ރަޙުމްކުރާ އެދުރަކަށް ވެގެން ކަމަށާއި ފިލާވަޅުތައް ކިޔާދޭއިރު މަޑުމައިތިރިކޮށް ކިޔާދިނުމުން އެކުދިންގެ ލޯތްބާއި ގަދަރު ތިބާއަށް ލިބިގެންދާނެ ކަމަށް ހުތުބާގައި ބުންޏެވެ. </span>

Advertisement
HDC — Sidebar (box)

އަދި އަނބިމީހާއަށް ރަޙުމް ކުރަން ޖެހޭ ކަމަށާއި އޭނާގެ ހައްގުތައް އަދާކުރާ ފިރިއަކަށް ވުމަށް ހުތުބާގައި ވަނީ ގޮވާލައިފައެވެ. އަނބިމީހާއަކީ ތިބާގެ ހަޔާތުގެ ބައިވެރިޔާކަން ހަނދާން ބަހެއްޓުމަށާއި އޭނާއަށް ޖިންސީ ގޯނާކޮށް ހިތުގައި ޖައްސާ ފިރިއަކަށް ނުވުމަށް ހުތުބާގައި ބުނެފައިވެއެވެ.

"ތިބާގެ ގޭގެ މާހައުލު ބާއްޖަވެރި އުފާވެރި ތަނަކަށް ވާނީ އެކަކު އަނެކަކަށް ރަޙުމް ކޮށްގެންނެވެ. އެކަކު އަނެކަކަށް ވާފާތެރިވެގެންނެވެ" ޙުތުބާގައި ބުންޏެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް