ޚަބަރު

އިގްތިސޯދު ވެންޓިލޭޓަރުގައި އޮތްކަން ސަރުުކާރުން މަޖިލީހަށް ނޭންގުމުން ހިތާމަކުރަން: ހަސަން ލަތީފް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ވެންޓިލޭޓަރުގައި އޮތްކަން، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އަންގާފައި ނުވާކަމަށާއި އެކަމާ ވަރަށް ހިތާމަކުރާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

Ads by MWSC

ހަސަން ލަތީފް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ރާއްޖޭގެ އިގްތިޞާދު މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ ފިނޭންސް މިނިސްޓަރުގެ ޕްރެސް ކޮންފަރެންސް ބަލަން އިންއިރު އިހުސާސްވީ، ގާތް ރައްޓެއްސެއްގެ ބައްޕަ ނުވަތަ މަންމަ ނިޔާވި ވާހަކަ އޭނާ ގުޅާފަ ބުނުމުން، ޖަނާޒާއަށްގޮސް މަރުގެ މައުލޫމާތު އޭނާގެގާތު އޮޅުންފިލުވާލުމުގެ ތެރޭގައި އޭނާގެ މަންމަ ވެންޓިލޭޓަރުގައި އޮންނަތާ އޭރު ހަފްތާއެއް ވެއްޖެކަމަށް އޭނަ ބުނީމާ އެވަގުތު ކުރެވޭ އިހުސާސް ކަމަށެވެ.

"އެވަރުގެ ކަމެއް ވީއިރު، އެހާގާތް ރަހުމަތްތެރިއަކަށް އަޅުގަނޑުވެހުރެ، އެކަން އަޅުގަނޑުގާތު ނުބުނެއޮތީމާ ދެން ކުރެވޭނީ އެއިހުސާސް، އެކަމަކު ރާއްޖޭގެ އިގްތިޞާދު ވެންޓިލޭޓަރުގައި އޮތްއިރު އަޅުގަނޑުމެންގެ އެއްވެސް މީހަކަށް އެކަން ސަރުކާރުން އަންގާލައްވާފައިނެތުނީމާ ދެން އެކުރެވޭ އިހުސާސް." ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ދެން ވެސް އަވަސްވެގަންނަންވީ އިހްތިސޯދު ވެންޓިލޭޓަރުން ނަގައި، ސަލާމަތް ކުރުމަށް ކަމަށެވެ. ސަރުކާރުން މަޖިލީހުގައި އެދިފައިިވާ ފަައިސާ ސަރުކާރަށް ލިބޭނެ ގޮތް ހަދައިދިނުމަށް ކަމަށެވެ.

އެހެން ނަމަވެސް މަޖިލީހުން އެކަމަށް ހުއްދަ ދޭއިރު އެ ފައިސާ ހަރަދުކުރާނެ ގޮތުގެ ފުރިހަމަ ތަފްސީލް މަޖިލީހަށް ލިބެންވާނެ ކަމަށާއި، އަދި އެ ފައިސާ ހަރަދުކުރާ ގޮތް މަޖިލީހަށް ބެލޭނެ މެކޭނިޒަމް އެއް ހޯދަންޖެހޭ ކަމަށް މެމްބަރު ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!