ޚަބަރު

އިތުރު 4 މީހަކު ފައްސިވެ، ރާއްޖެއިން ވައިރަސް ޖެހުނު މީހުންގެ އަދަދު 141 އަށް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އަށް ރާއްޖެއިން އިތުރު 4 މީހަކު ފައްސިވެއްޖެއެވެ. އެއާއެކު ރާއްޖެެއިން ފައްސިވި މީހުންގެ އަދަދު ވަނީ 141 އަށް އަރާފައެވެ.

Ads by Sosun Fihaara

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަލަށް ޕޮސިޓިވްވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި، އިންޑިއާ ދެ މީހުންގެ އިތުރުން ސްރީ ލަންކާގެ ރައްޔިތެއް ކަމަށެވެ.

މިއަދު މިހާތަނަށް 12 މީހަކު ވަނީ ވައިރަހަށް ފައްސިވެފައެވެ.

ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 69 ދިވެހިންނާއި، ބަންގްލަދޭޝްގެ 48 މީހަކާއި، އިޓަލީގެ 11 މީހަކާއި، އިންޑިއާގެ އަށް މީހަކާއި، ލަންކާ ދެމީހުންގެ އިތުރުން އިނގިރޭސިވިލާތާއި ޖަރުމަނުން އެކަކު އަދި އިތުރު ދެ މީހެކެވެ.

ވެރިރަށް މާލެއިން މިބަލި ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދައި ބަލިޖެހުނު މީހުންނާ ސީދާ ދިމާވި ގިނަބަޔަކު ވަނީ ދެނެގަނެވިފައެވެ. މިހާރު ކުރިއަށްދަނީ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމު މަސައްކަތެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި މާލޭގެ ފިހާރަތަކާއި ޑެލިވަރީގައި ހަރަކާތްތެރިވާ މީހުން ވެސް ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!