ޚަބަރު

ރާއްޖޭން ފުރަން 701 ބިދޭސީއަކަށް ހުއްދަ ދީފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން 701 ބިދޭސީ އަކަށް ފުރުމުގެ ހުއްދަ ދީފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، އިއްޔެ އާއި މިއަދު ގިނަ އަދަދެއްގެ ބިދޭސީންނަށް ފުރުމުގެ ހުއްދަ ދީފައިވާ ކަމަށާއި މީގެ ތެރޭގައި ގިނައީ ރާއްޖޭގައި ވަޒީފާތަކުގައި އުޅުނު ބިދޭސީން ކަމަށެވެ. އަދި އެންމެ ގިނައީ އިޓަލީ އާއި އިންޑޮނީޝިއާ އާއި ޕިލިޕީންސް މީޙުންނެވެ. ޝެޑިއުލް ދަތުރުތައް ނުކުރި ނަމަވެސް. ދޭތެރެ ދޭތެރެ އިން ޗާޓާ ފްލައިޓްތަކުގެ ދަތުރުތައް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

މީގެ ކުރިންވެސް މިގޮތަށް ރާއްޖޭގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މަސައްކަތްތެރިން ގެންދިޔުމަށް އެގައުމުތަކުން ވަނީ ހާއްސަ ފްލައިޓުތަކެއް ބާއްވާފައެވެ.

ގިނަ އަދަދެެއްގެ ބިދޭސީން ފުރުމުގެ ހުއްދަ އިމިގްރޭޝަނުން ދިން އިރު ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދު ކުރުމުގެ ސަބަބުން، އަދިވެސް އެކި ގައުމުތަކަށް ނުދެވި، ތިބި މީހުން ރާއްޖޭގައި އެބަތިއްބެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!