ކުޅިވަރު

ރެސިޕީ : ޗިކަން ނަގެޓްސް

ދެން އެމްވީ ، ދެން އޮންލައިން

ޗިކަން ނަގެޓްސް އަކީ ގިނަ ބަޔަކަށް ވަރަށް މީރު އެއްޗެކެވެ. ހާއްސަކޮށް ކުޑަކުދިންނަށް ޗިކެން ނަގެޓްސް ވަރަށް ކަމުދާނެއެވެ. މިއީ ފިހާރައިން ގަތުމުގެ ބަދަލުގައި ގޭގައި ޗިކެން ނަގެޓްސް ތައްޔާރު ކޮށްލާނެ ގޮތެވެ.

Ads by Sosun Fihaara

ބޭނުންވާ ތަކެތި

  • 1/2 ޖޯޑު ފުށް
  • 1 ސައިސަމުސާ ލޮނުމެދު ގާނާފައި
  • 1 ސައިސަމުސާ ލޮނު
  • 1/4 ސަމުސާ އަސޭމިރުސް
  • 2 ޗިކަން ބްރެސްޓް
  • 1 ޖޯޑު ޕާން ކުނޑި
  • 1 ބިސް
  • 1 ޖޯޑު ތެޔޮ

ތައްޔާރު ކުރާނެ ގޮތް
އެންމެ ފުރަތަމަ ޗިކަން ބްރެސްޓް ކިއުބް ކޮށް ކޮށާލާށެވެ. ދެން ފުށާއި ލޮނުމެދު ލޮނު އަދި އަސޭމިރުސް އެއްކޮށްލާށެވެ. އަދި ޕާން ކުނޑި އާއި ލޮނާއި އަސޭމިރުސް އެއްކޮށްލާށެވެ. އަދި ބިސްކޮޅު ތަށްޓެއްގައި ގިރާލާށެވެ. ދެން ކުކުޅު ކޮޅު ފުށް ކޮޅާއި އެއްކޮށްލާށެވެ. އެއަށްފަހު ބިހުގެ ތެރެއަށް ލުމަށްފަހު ޕާން ކުނޑީގެ ތެރެއަށް ލާށެވެ. ހުރިހާ ކުކުޅު ކޮޅެއްގައިވެސް މިހެން ހަދައިލާށެވެ. އެއަށްފަހު ކުކުޅު ކޮޅު މަޑު ބްރައުން ކުލަ އެއް އަރަންދެން ތެލުލާށެވެ. އޭރުން އެހުރީ ޗިކަން ނަގެޓްސް ތައްޔާރު ވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!