މުނިފޫހިފިލުވުން

އުރްވާޝީގެ ފޭސްބުކް އެކައުންޓް ހެކް ކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އުރްވާޝީ ރައުޓެލާ ގެ ފޭސްބުކު އައިޑީ ހެކް ކޮށްފައިވާކަން އޭނާ ހާމަކޮށްފިއެވެ.

Ads by MWSC

އުރްވާޝީ މިކަން ހާމަކޮށްފައިވަނީ އޭނާ ކުރި ޓްވީޓެއްގައެެވެ. އުރްވާޝި ބުނެފައިވާ ގޮތުގައި އޭނާ ގެ ފޭސްބުކު އައިޑީ ހެކް ކޮށްފައިވާކަން އެނގުނީ އެ އައިޑީ އިން އޭނާ ނޫން އެހެން މީހަކު ބޭނުން ކޮށް ތަފާތު އެކި ޕޯސްޓްތައް ކުރަން ފެށުމުންނެވެ.

އަދި އޭނާ ގެ އައިޑީ ބޭނުން ކޮށް މީހުނަށް މެސެޖު ކުރަމުން ދާ ކަމަށް ވެސް އުރްވާޝީ ބުނެފައިވެއެވެ. އަދި އޭނާ ގެ އައިޑީ އިން ކުރާ މެސެޖުތަކަށް ރިޕްލައި ނުކުރުަމަށް ވެސް އޭނާ ވަނީ ފޭނުން ގެ ކިބައިން އެދިފައެވެ.

މި މައްސަލަ މިހާރު ދަނީ މުމްބާއީ ޕޮލިސް ގެ ސައިބާ ޕޮލިސް އިން ބަލަމުންނެވެ. އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި އުރްވާޝީގެ ކޮމްޕްލެއިންޓް އާއެކު އެ މައްސަލަ ދަނީ މިހާރު ބަލަމުންނެވެ.

އުރްވާޝީ އަކީ ބޮލީވުޑް ފިލްމުތައް ކުޅުމުގެ އިތުރުން މޮޑެލްވެސް ކުރަމުން އަންނަ ތަރިއެކެވެ. އުމުރުން 26 އަހަރުގެ ބަތަލާ ބޮލީވުޑަށް ނުކުމެ ފިލްމު ކުޅެން ފަށާފައިވަނީ އުމުުރުން 19 އަހަރުގަ އެވެ. އަދި އޭނާ އަކީ 2015 ވަނަ އަހަރުގެ މިސް ދީވާ އެވެ. އޭގެ އިތުރުންވެސް އެންމެ ރީތި އަންހެނުން ހޮވާ އެތައް މުބާރާތެއް އޭނާ ވަނީ ކާމިޔާބު ކޮށްފަ އެވެ.

އޭގެ ތެރޭގަ މިސް ޓީން އިންޑިއާ (2009)، ފެކްޓް މިސް ޔުނިވާސަލް ޓީން (2010)، މިސް އޭޝިއަން ސުޕަ މޮޑެލް (2011)، އިންޑިއަން ޕްރިންސެސް (2011)، މިސް ޓޫރިޒަމް ކުއީން އިފް ދަ އިޔާ އިންޓަނޭޝަނަލް ވޯލްޑް (2015) ހިމެނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!