ވިޔަފާރި

ތިންވަނަ ކުއާޓަރުގައި ގައުމީ ބޭންކަށް ސާފު ފައިދާގެ ގޮތުގައި 258.6 މިލިއަން ރުފިޔާ ލިބިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ތިންވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސްއަށް ސާފު ފައިދާގެ ގޮތުގައި 258.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

Ads by STELCO

މިދިޔަ އަހަރާ އަޅާ ބަލާއިރު މިއީ 15 ޕަސެންޓްގެ އިތުރުވުމެކެވެ. އެކުންފުންޏަށް މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި 639 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ވަނީ ލިބިފައެވެ. މިއަހަރު 646  މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ފުރަތަމަ ކުއާޓަރުގައި 685 މިލިއަން ލިބުނުއިރު ދެވަނަ ކުއާޓަރުގައި 551 މިލިއަން ރުފިޔާގެ އާމްދަނީ ވަނީ  ލިބިފައެވެ. ތިން ކުއާޓަރުގައި ލިބުނު ޖުމުލަ އާމްދަނީ ވަނީ 1.8 ބިލިއަން ރުފިޔާއަށް އަރާފައެވެ.

އެގޮތުން މި އަހަރު ބީއެމްއެލް އިން ވަނީ ހިންގާ ހަރަދު ވެސް ވަނީ ކުޑަކޮށްފައެވެ. މިއަހަރުގެ ކުންފުނީގެ ހަރަދުތައް 117 މިލިއަނުގައި ހުރިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރީ 125 މިލިއަން ރުފިޔާގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!