ޚަބަރު

އުސްފަސްގަނޑު ސަރަހައްދު ހުޅުވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

މާލޭ އިރުމަތީ ފަރާތު އުސްފަސްގަނޑުގައި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންއިން އަޅާފައި ހުރި ގެތައް ނަގައި ނިންމާ އެ ސަރަހައްދު އާންމުކޮށް ހުޅުވާލައިފި އެވެ.

Ads by Sosun Fihaara

ޗައިނާގެ އެހީއާ އެކު އެޅި ބްރިޖުގެ މަސައްކަތްތަކަށް އުސް ފަސްގަނޑުގެ ވަކި ހިސާބެއް ބަންދުކުރީ 2016ގަ އެވެ. އެ މަސައްކަތުގައި އުޅުނު ޗައިނާގެ ކުންފުނި، ސީސީސީސީގެ މުވައްޒަފުންގެ އޮފީހާއި އެކޮމޮޑޭޝަން ހަމަޖެއްސީ އެތަނުގަ އެވެ.

ސީސީސީސީގެ އިމާރަތްތައް ނަގައި އުސްފަސްގަނޑު ސާފު ކުރުމުން އެ ސަރަހައްދު ބޭނުންކުރާނީ ކޮންގޮތަކަށް ކަމެއް އަދި ސިޓީ ކައުންސިލުން ހާމައެއް ނުކުރެ އެވެ.

މާލޭގެ އެންމެ ހިތްގައިމު އެއް ސަރަހައްދުގެ ގޮތުގައި އޮތް އުސް ފަސްގަނޑަކީ އާއްމުން ކަސްރަތަށް އަދި ހިތްހަމަޖައްސާލަން ބޭނުންކުރި ތަނެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!