ޚަބަރު

މާލެއިން އިތުރު 11 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

މާލެއިން އިތުރު 11 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ބުނީ ފައްސިވި 11 މީހުންގެ ތެރޭގައި ހިމެނެނީ ނުވަ ބަންގްލަދޭޝް މީހުންނާއި، ދެ އިންޑީއާ މީހުންނާއި ދިވެއްސެއް ކަމަށެވެ.

މި އެންމެން ވެސް މިހާރު އައިސޮލޭޝަން ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި 11 މީހުންނާއި އެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 188 އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް 18 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، މާލެ ސަރަހައްދު މިވަގުތު އޮތީ 14 ދުވަހުގެ ލޮކްޑައުނެއްގައެވެ. މި ލޮކްޑައުންގެ މުއްދަތު އަންނަ މަހުގެ އެކަކަށް ހަމަވާއިރު، ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފާނެ ކަމުގެ އިޝާރާތެއް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ވަނީ ކުރައްވާފައެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ރަށްތައް ވެސް މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!