ޚަބަރު ބޮލީވުޑް މުނިފޫހިފިލުވުން

އައިޝްވާރިޔާއަށް މިހާރު 47 އަހަރު،މޫނަށް ބަލާލާފަ ހީވޭތަ؟

ރައުފާ ރަޝީދު ، ދެން އޮންލައިން

1994 ވަނަ އަހަރުގެ މިސް ވޯލްޑްގެ ލަގަބު ހޯދާފައިވާ އައިޝްވާރިޔާ އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ތަރިއެވެ. ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ މަސައްކަތްތައް ވެސް އޭނާ ކޮށްފައިވެއެވެ.

Ads by MWSC

އައިޝްވާރިޔާގެ 47 ވަނަ އުފަން ދުވަސް މިއަދު ފާހަގަ ކުރާއިރު ، އޭނާގެ ފޭނުންނާ ބޮލީވުޑްގެ ފަންނާނުން ދަނީ ދުވަހުގެ ތަހުނިޔާ އަރިސް ކުރަމުންނެވެ.

ފިލްމް ފެއަރގެ ދެ އެވޯޑް ހާސިލް ކޮށްފައިވާ އައިޝްވާރިޔާ ފިލްމު ކުޅެން ނިކުމެފައި ވަނީ 1991 ވަނަ އަހަރުގައެވެ. އޭނާ ބުނި  ގޮތުގައި ފިލްމު ކުޅެން ފުރުސަތު ލިބިފައި ވަނީ މިސް ވޯލްޑްގެ ލަގަބު ލިބުނު ފަހުންނެވެ.

އޭނާ ކުޅުނު ފިލްމު ތަކުގެ ތެރެއިން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ ފިލްމު ތަކުގެ ތެރޭގައި " އޭ ދިލްހެ މުސްކިލް" ، "ދޫމް2" ،"ޖޯދާ އަކްބަރް" އަދި "މޮހޮއްބަތެއިން" ހިމެނެއެވެ.

Ads by Ooredoo
  1. ޓަކި މޫނާ

    1 ކިލޯގެ މޭކަޕް މޫނުގަ ހިރީމަކާ މުސްކުޅިކަމެއް ނުފެންނާނެ ދޯ