ވިޔަފާރި

އެލްފިން ކޮސްމެޓިކްސް: އައްޑޫއިން ރީތިވާ އެއްޗެހި ގަނެލަންދާން މި ފިހާރަ ވަރެއް ނެތް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޒީނަތްތެރިވުމަކީ ހަމަ ކޮންމެ މީހަކުވެސް ކުރަން ބޭނުންވާނެ ކަމެކެވެ. މޫނުގެ ހަންގަނޑު އޮމާން ކޮށްލުމަށާއި، ގައިން މީރު ވަސް ދުއްވާލަން ހަމަ ކޮންމެ މީހަކު ވެސް ބޭނުންވާނެއޭ ބުނުން ދޮގަކަށް ނުވާނެއެވެ. ޚާއްސަކޮށް އަންހެންވެރިންނަކީ ޒީނަތްތެރިވުމަށް ވަރަށް ޚާއްސަ އަޙައްމިއްޔަތު ކަމެއްދޭ ބައެއްކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

Ads by Sosun Fihaara

އައްޑޫސިޓީ، ހިތަދޫ ގައި ހުންނަ "އެލްފިން" ކޮސްމެޓިކްސް އަކީ މިފަދަ ކޮލިޓީ ރަނގަޅު، ރީތިވާ ސާމާނު ނުހަނު ހެޔޮއަގުގައި ލިބެން ހުރި ފިހާރައެކެވެ.

އެލްފިންގެ ޚާއްސަ ކަމަކީ، އެފިހާރައިން ވިއްކަނީ ކޮލިޓީ ރަނގަޅު ރީތިވާ ސާމާނެވެ. އެގޮތުން އޮރިޖިނަލް ސެންޓުތަކެއް ކަމަށްވާ މަޝްހޫރު "ޔުނީގް ބްރޭންޑުގެ "އޮޕިއަމް ނޯރް" އާއި "ސީކްރެޓް ސިޑަކްޝަން"، "ޔުނީގް ބްރޭންޑުގެ މެރައިން"، "ޗިކް ގާލް" އަދި "އޮފީލިއާ އިންޓެންސް" ފަދަ ސެންޓުތައް ނުހަނު ހެޔޮ އަގުގައި އެލްފިން އިން ލިބެން ހުރިިއިރު، މަޝްހޫރު މޭކަޕް ބްރޭންޑުތައް ކަމަށްވާ "ނޯޓް" އާއި "އިސަބެލް ޑޫޕޮންޓް" ވެސް އެފިހާރައިން ލިބެން ހުރެއެވެ.

"އެލްފިން" ކޮސްމެޓިކްސް ފިހާރައާ ބެހޭ ގޮތުން "ދެން" އަށް މައުލޫމާތު ދެމުން އެފިހާރައިގެ ވެރިމީހާ އާދަމް ޙަސަން މަނިކު ބުނީ، ހިތަދޫ ގައި އެފިހާރަ ހިންގާތާ މިހާރު އެއް އަހަރާއި ހަ ވަރަކަށް މަސް ވެދާނެ ކަމަށެވެ.

"ފިހާރައިގައި އާއްމުކޮށް މިހުންނަނީ ސްކިން ކެއާރ ޕްރޮޑަކްޓްސް އާއި ސެންޓު. އެގޮތުން ޔުނީގް ޕެރިސް ބްރޭންޑުގެ ސެންޓާއި ފްރެގްރެންސް ވޯލްޑް ބްރޭންޑުގެ ސެންޓު އަދި ޑރ. ރަޝެލްސް ބްރޭންޑުގެ ސްކިންކެއާ ޕްރޮޑަކްޓްސް، އައްޑޫސިޓީ ހިތަދޫއިން ހަމައެކަނި ލިބެން ހުރި ފިހާރައަކީ ވެސް އެލްފިން ކޮސްމެޓިކްސް." މަނިކު ބުނެޏެވެ.

މަނިކު ބުނި ގޮތުގައި އެފިހާރައިން ވިއްކާ ކޮސްމެޓިކްސް ބްރޭންޑުތަކަށާއި ސެންޓަށް ވަރަށް ބޮޑު ޑިމާންޑެއް ލިބެއެވެ. ސަބަބަކީ އަގުހެޔޮވެފައި، ކޮލިޓީ ވެސް ރަނގަޅުވުމެވެ.

 

View this post on Instagram

 

• Self care is a must

A post shared by ———• Elfin Cosmetics (@elfincosmetics.addumv) on

"އެލްފިން ކޮސްމެޓިކްސުން ގެންނަ މޭކަޕް ބްރޭންޑުތަކަކީ މާލޭގައި ހުންނަ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ މެދުވެރިކޮށް ގެންނަ ތަކެތި. އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުން ވެސް ވަރަށް ހިތްހަމަޖެހޭ އެލްފިން އިން ލިބެންހުންނަ ޕްރޮޑަކްޓްސް އާއި ޚިދުމަތާއި ދޭތެރޭ. އަޅުގަނޑުމެންގެ ސްޓޮކުން އެއްޗެއް ހުސްވުމުގެ ކުރިން ބަލަން ވީއެންމެ އަވަހަކަށް އެތަކެތި އަވަހަށް ގެނެވޭތޯ"

"އަޅުގަނޑުމެންގެ އަމާޒަކީ އަބަދުވެސް އަޅުގަނޑުމެންގެ ކަސްޓަމަރުން ހިތްހަމަ ޖެހޭނެފަދަ ޚިދުމަތެއް ދިނުން"

"އެލްފިން ކޮސްމެޓިކްސް" ފިހާރަ ހުންނާނީ އައްޑުސިޓީ ހިތަދޫ، އެޅަދީދީ މަގުގައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!