ޚަބަރު

ސްޓެލްކޯގެ މުވައްޒަފުންނަށް މި އަހަރުން ފެށިގެން ބޯނަސް ދެނީ

ދެން އެމްވީ ، ދެން އޮންލައިން

ސްޓޭޓް އިލެކްޓްރޯނިކް ކޮމްޕެނީ (ސްޓެލްކޯ) އަށް މިދިޔަ އަހަރު ލިބުނު މާލީ ކާމިޔާބީއާއެކު ސަރުކާރަށް ދައްކަންޖެހޭ ޑިވިޑެން ބައި ދެއްކުމަށްފަހު މިއަހަރުން ފެށިގެން ހުރިހާ މުވައްޒަފުންނަށް ބޯނަސް ދިނުމަށް އެ ކުންފުނިން ނިންމައިފި އެވެ.

Ads by Sosun Fihaara

އެކުންފުނިން މިކަން ހާމަކޮށްފައިވަނީ އާ އަހަރު ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ އެވެ.

މުގްނީ ވިދާޅުވި ގޮތުގައި، މުވައްޒަފުންނަށް ބޯނަސް ދޭނެ ގޮތްތައް ކުންފުނިން އަންނަނީ ބަލަމުންނެވެ.

އޭނާ ވިދާޅުވީ، މިދިޔަ ހައެއްކަ އަހަރުގެ ތެރޭގައި ސްޓެލްކޯ އިން ސަރުކާރަށް ޑިވިޑެންޑު ނުދައްކާ ކަމަށެވެ. އެކަމަކު، މިހާރުގެ މެނޭޖުމަންޓުން އެކަން އެގޮތަށް ނުކުރާނެ ކަމަށާއި އެންމެ ފުރަތަމަ ކުރާނެ ކަމަކީ ސަރުކާރަށް ދައްކަންޖެހޭ ޑިވިޑެންޑު ދެއްކުން ކަމަށް މުގްނީ ވިދާޅުވި އެވެ.

ސްޓެލްކޯ އަށް މިދިޔަ އަހަރު މާލީ ބޮޑު ކާމިޔާބެއް ލިބުނު ކަމަށް މުގުނީ ވިދާޅުވި ނަމަވެސް އެ ކަމުގެ ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ. އަދި ކުންފުންޏަށް ލިބުނު ފައިދާގެ ތަފްސީލެއްވެސް ދެއްވާފައެއް ނުވެ އެވެ.

ސްޓެލްކޯ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުންޏަށް ހެދުމަށ ްއަމާޒު ހިފާފައިވާ ކަމަށާއި އެ އަމާޒަށް މިހާރު ވާސިލް ވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!