ޝަހީބު ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

ކަންނެލި ދޯންޏެއްގައި އެތެރެކުރި 130 ކިލޯ ޑްރަގްގެ މައްސަލާގައި ހައްޔަރުކުރި ޝަހީބް އިބްރާހިމް ދޫކޮށްލި މައްސަލަ ހައި ކޯޓުގައި މިއަދު އިސްތިއުނާފުކޮށްފި އެވެ.
ޕީއެންސީގެ ކައުންސިލު މެންބަރުކަމުގެ މަގާމުގައި ވެސް ހުރި ޝަހީބު ހައްޔަރުކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގައެވެ. ޝަހީބު ދޫކޮށްލާފައި ވަނީ އޭނާގެ ބަންދަށް ދިން 14 ދުވަހުގެ މުއްދަތު ހަމަވުމުން އެކަމާ މެދު ގޮތެއް ނިންމަން މިދިޔަ ބުދަ ދުވަހު ކޯޓަށް ގެންދިޔުމުންނެވެ.
ފުލުހުން ބުނެފައިވަނީ ކޯޓުން ޝަހީބު ދޫކޮށްލާފައި ވަނީ ދެ ވަނަ ފަހަރަށް މުއްދަތު އިތުރުކުރުމަށް، ތަހުގީގަށް މިހާރު އިތުރަށް ލިބިފައިވާ ހެއްކާއެކު ހުށަހަޅާފައިވަނިކޮށް ކަމަށެވެ.
އެހެންކަމުން އެމައްސަލަ އިސްތިއުނާފު ކުރުމަށް ފުލުހުންގެ ފަރާތުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި އެދިފައެވެ.