ލައިފްސްޓައިލް

ވަރުބަލި ކަމެއް ނެތި ދުވަސް ހޭދަކުރަން ބޭނުންނަމަ ރޭގަނޑުގެ ނިދި ވަރަށް މުހިންމު

ރައުފާ ރަޝީދު ، ދެން އޮންލައިން

ވަރުބަލި ކަމެއް ނެތި ދުވަސް ހޭދަަ ކުރުމަށް ޓަކައި ނިދުމަކީ އެއީ އެންމެ މުހިންމު ކަމެވެ. ރޭގަނޑުގެ ނިދި ރަނގަޅަށް ލިބިއްޖެ ކަމުގައި ވަނީ ނަމަ ކުރިޔަށް އޮތް ދުވަސް ވަރުބަލި ކަމެއްނެތި ހޭދަ ކުރެވޭނެއެވެ. ކުރާ ކަންތައްތައް ފަރުވާތެރިކަމާއެކު ރަނގަޅަށް ކުރެވޭނެއެވެ. ހާއްސަ ކޮށް ހެނދުނު އޮފީހަށް ދާން ޖެހޭ މީހުންނާއި، ކިޔަވާ ކުދިންނާއި، ބުރަކޮށް މަސައްކަތުގައި އުޅެން ޖެހޭ މީހުންނެވެ. ކުރާ ކަންތައްތައް ފަރުވާތެރި ކަމާއެކު ރަނގަޅަށް ކުރެވޭނެއެވެ.

Ads by MWSC

މީގެ އިތުރުން ވެސް ރޭގަނޑުގެ ނިދި ރަނގަޅަށް ލިބުމަކީ ހިތުގެ ބަލިތަކުން ދުރުހެލި ކޮށްދޭ، ދިފާއީ ނިޒާމް  ވަރުގަދަކޮށްދޭ ކަމެކެވެ.

ނިދި ނުލިބޭ ނަމަ ބްލަޑް ޕްރެޝަރ އިތުރުވެ، ޑައިބެޓީޒް ފަދަ ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ.

ރޭގަނޑުގެ ނިދި ހަމަ ކުރަން ބޭނުން ނަމަ އެންމެ ފުރަތަމަ ހޭލަން ޖެހޭ ގަޑި ބަލާށެވެ. ސައިންޓިސްޓުން ބުނާ ގޮތުން ހެނދުނު 6 ޖަހާއިރު ހޭލަން ޖެހޭ ނަމަ ނިދަން ޖެހޭނީ ރޭގަނޑު 8-1 ދެމެދުގެ ގަޑިއެއްގައެވެ. އަދި 7 ޖަހާއިރު ހޭލަން ޖެހޭނަމަ 9-2 ދެމެދުގެ ގަޑިއެއްގައެވެ. 8 ޖަހާއިރު ހޭލަން ޖެހޭ ނަމަ 10-3  ދެމެދުގެ ގަޑިއެއްގައެވެ.

ނިދި ރަނގަޅަށް ލިބުމަކީ ސިނކުޑި ތާޒާ ކޮށްދޭ ކަމަކަށް ވާއިރު ދުވަސް ވަރުބަލިކަމެއް ނެތި ހޭދަކުރަން ބޭނުންނަމަ މިގޮތަށް ކަންތައް ކުރުން މުހިންމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!