ޚަބަރު

ށ. މިލަންދޫ އިން މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ށ. މިލަންދޫ އިން މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

Ads by Sosun Fihaara

"ވަގުތު" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން އެރަށުން ކޮވިޑް-19 އަށް މީހަކު ފައްސިވިކަން އަންގާފައި ވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.

މިއާއެކު މާލެއިން ބޭރުން ކޮވިޑް-19 އަށް މީހުން ފައްސިވި ހަތަކަށް އެރީއެވެ. މީގެ ކުރިން ހއ. އުލިގަމުން އެކަކު، އަދި ކ. ތުލުސްދޫން ދެ މީހަކާއި، ށ. ނަރުދޫން ހަތަރު މީހަކު ފައްސިވެފައި ވެއެވެ.

މިލަންދޫއިން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އަމާޒު ބޯޓުން ދަތުރު ކުރި ފިރިހެނެއް ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެއެވެ.

"ވަގުތު" ނޫހުގައި ބުނެފައި ވަނީ އެރަށުން ފަސް މީހެއްގެ ސާމްޕަލް ނަގާފައިވާއިރު، މިހާތަނަށް ނަތީޖާ ލިބިފައި ވަނީ ދެ ސާމްޕަލެއްގެ އެވެ. އޭގެ ތެރެއިން އެކަކު ފައްސިވިއިރު، އެކަކުގެ ނަތީޖާ ވަނީ ނައްސިވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!