ޚަބަރު

ޖަލުތައް އިސްލާހު ކުރުމަށް އެކަމަށް ގާބިލް މީހުން އިސްކުރަން ޖެހޭ: އަލީ ހުސައިން

ދެން އެމްވީ ، ދެން އޮންލައިން

ޖަލުތައް އިސްލާހު ކުރުމަށްޓަކާ ޖަލު ހިންގުމަށް ގާބިލު އަދި ޕްރޮފެޝަނަލް މީހުން އިސްކުރަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

Ads by MWSC

މިދިޔަ ހުކުރު ދުވަހުގެރޭ ވެސް މާފުށީ ޖަލުގައި ވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހަމަނުޖެހުން ހިނގަން މެދުވެރިވީ ގައިދީއަކު ޖަލު އޮފިސަރަަކަށް ހަމަލާދިނުމުން ރައްދުގައި އެ ގައިދީ އަށް އޮފިސަރު ހަމަލާދިނުމާ ގުޅިގެންނެވެ.

އަލީ ހުސެއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުތައް އިސްލާހު ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދު ކަމަށްވާއިރު އެ މަސައްކަތް އެންމެ ރަނގަޅަށް ހިނގަމުންދާ ކަމަކަށް ނުފެންނަ ކަމަށެވެ.

އެގޮތުން ޖަލުތައް އިސްލާހު ކުރުމަށްޓަކާ ޖަލު ހިންގުމަށް ގާބިލު އަދި ޕްރޮފެޝަނަލް މީހުން އިސްކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖަލުތަކުގެ ހާލަތު ބަލައި، ރަނގަޅު ކުރަންޖެހޭ ކަންކަމާ ގުޅޭ ގޮތުން ސަރުކާރަށް ލަފާ ދިނުމަށް އައްޔަން ކޮށްފައިވާ ޕްރިޒަންސް އިންސެޕެކްޓަރު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ، މާފުށީ ރިމާންޑް ބަންދުގައި ތިބި މީހުންނާއި ޖަލު ބަލަހައްޓާ އޮފިސަރުންނާ ދެމެދު ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާ ކަަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!