ބްލަޑް ސަރވިސަސް އަށް ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދަައި ދޭނަން- ނައިބު ރައީސް

މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް ކުރިމަތިވާ ދަތިތަކަށް އެންމެ ފުރިހަމަ ގޮތުގައި ހައްލެއް ފޯރު ކޮށްދިނުމަށް ކަމާ ބެހޭ އިދާރާތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މޯލްޑިވިއަން ބްލަޑް ސާވިސަސްގެ އިސްވެރިންނާ ބައްދަލު ކުރައްވައި ވާހާކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސް އިތުރަށް ކުރިއެރުވުމަށް ކުރެވެން ހުރި ކަންތައްތަކާ ބެހޭ ގޮތުން ވެސް ވާހަކަފުޅުދައްކަވާފައެވެ. އަދި ކުރިމަތިވާ ދަތިތަކަށް ހައްލު ފޯރުކޮށްދިނުމަށް ކުރެވެން ހުރި ކަންތައްތައް ބަލާ ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ އިން ވަނީ ޓެލެކޮންސަލްޓޭޝަންގެ ހިދުމަތްތައް ފެށުމަށް ތައްޔާރީތައް ވަމުންނެވެ. އެގޮތުން މި ހިދުމަތް ފެށުމަށް ކުރަމުންދާ ތައްޔާރީތަކާއި،ހިދުމަތް ހޯދާ މީހުންގެ ރިކޯޑުތައް ބެލެހެއްޓުމުގެ މަސައްކަތް ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ނައިބް ރައީސް އާއި ހިއްސާ ކުރައްވާފައެވެ.