މުނިފޫހިފިލުވުން

ޒޭން އާ ޖީޖީ އަށް ކުއްޖަކު ލިބެނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ޖީޖީ ހަޑީޑް އާއި ޒޭން މާލިކަށް ކުއްޖަކު ލިބެން އުޅޭކަމަށް ޓީއެމްޒީ އިން ރިޕޯޓުކޮށްފިއެވެ. އެގޮތުން މިހާރު ޖީޖީ ގެ ބަނޑަށް ފަސް މަސް ކަމަށާއި ލިބެނީ ކޮން ކަހަލަ ކުއްޖެއް ކަން އަދި ނޭނގޭ ކަމަށް ވެސް މި ރިޕޯޓުތަކުގައި ވެއެވެ.

Ads by Hajj Corporation

ޑެއިލީ މެއިލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖީޖީ ގެ 25 ވަނަ އުފަން ދުވަހު އާންމުކުރި ފޮޓޯތަކުން ޖީޖީ ގެ ބަނޑު ވަރަށް ރަނގަޅަށް އެނގެއެވެ. އަދި މިއީ ފޭނުންނަށް ދިން ހިންޓެއްގެ ގޮތުގައި ކަން ވެސް ޑެއިލީ މެއިލް އިން ފާހަގަ ކޮށްފައިވެއެވެ. ޖީޖީ އޭނާގެ 25 ވަަސް ފާހަގަ ކޮށްފައިވަނީ ޒޭން މާލިކާއި، ޖީޖީ ގެ ކޮއްކޮ ބެލާ ހަޑީޑް އާއެކު ޕެނިސްލަވީނިއާ ގައި ހޯމް އައިސޮލޭޝަން ގައެވެ.

އަބަދު ވެސް އުޅެނީ ރައްޓެހިވެފައި ރުޅިވެފައި، އުޅޭ ޒޭން އާއި ޖީޖީ އެންމެ ފަހުން ރައްޓެހިވެފައިވަނީ މި ދިޔަ ޑިސެންބަރު މަހުގެ ތެރޭގައެވެ.

ޖީޖީ ވަނީ މިދިޔަ ފެބްރުއަރީ މަހު ވެސް ދަރިއަަކު ލިބޭ ކަމުގެ އުޅޭކަމުގެ ހިންޓެއްދީފައެވެ. އެގޮތުން އޭނާ ވެސް އުމުރުން ދުވަސްވާ ވަރަކަށް ދަރިން ބޭނުން ވާ ކަން ފާހަގަކޮށް ޖީޖީ ވަނީ އާއިލާއެއް ފެށުމުން މޮޑެލިން ދޫކޮށްލާނެ ކަމަށް ވެސް ބުނެފައެވެ.

ޖީޖީ އާއި ވަން ޑިރެކްޝަން ގެ ތަރި ޒޭން މާލިކް އެންމެ ފުރަތަމަ ރައްޓެހިވެފައިވަނީ 2015 ވަނަ އަހަރުގެ ނޮވްމްބަރު މަހުގެ ތެރޭގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!