ޚަބަރު

ކައްޕި ގެއްލުނު ގޮތް ތަހުގީގު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

މާލެ އަތޮޅު ކަގި ކައިރީގައި އޮންނަ ފަރަކަށް އުރިފައިވާ "ޓީޓީއެސް ފާނަ" ދޯނީގެ ކައްޕި ގެއްލުނު ގޮތް ތަހުގީގު ކުރަމުން އަންނަ ކަަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Ads by Sosun Fihaara

ގެއްލިގެން ހޯދަމުން ދަނީ ހދ.ކުޅުދުއްފުށި، ހަވީރީ ނާޒް، އުމުރުން 37 އަހަރުގެ މުހައްމަދު ޔޫސުފެވެ. އޭނާ ގެއްލުނު ކަން ދޯނީގެ ފަޅުވެރިން ކޯސްޓް ގާޑަށް ރިޕޯޓް ކުރީ އިއްޔެ ހެނދުނެވެ. އެކަމަކު އެ ސަރަހައްދުން ދަތުރުކުރި އުޅަނދު ފަހަރުގެ ކައްޕިން ދައްކާފައިވާ ވާހަކަތަކުން މިހާރު އެނގިފައިވާ ގޮތުގައި ދޯނި ފަރަށް އަރާފައި ވަނީ އާދީއްތަ ވިލޭރޭ ފަތިހުގެ ވަގުތެއްގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކައްޕި ގެއްލުނު ގޮތް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްްސީލެއް ނުދެއްވައެވެ.

މުހައްމަދު ހޯދަން އެމްއެންޑީއެފް ޑައިވަރުން މިހާރު ވެސް އެ ސަރަހައްދުގައި ފީނަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ވެސް ބުންޏެވެ. އެކަމަކު އޭނާ ގެއްލުނު ގޮތާ ބެހޭ ގޮތުން އެމްއެންޑީއެފުން މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!