ދުނިޔެ

އެމެރިކާގެ ހައުސްގެ މެންބަރުކަމަށް މަރުވެފައިވާ މީހަކު އިންތިހާބު ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެމެރިކާގެ ހައުސް ރެޕްރެޒެންޓެޓިވް އަކަށް މަރުވެފައިވާ މީހަކު އިންތިހާބު ވެއްޖެއެވެ.

Ads by Sosun Fihaara

ބޭރު ރިޕޯޓުތަކުން ބުނާ ގޮތުގައި ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ ޑޭވިޑް އެންޑާލް އިންތިހާބުވީ ނޯތު ޑަކޯޓާ ސްޓޭޓްގެ އަށް ގޮނޑިއެވެ.

އުމުރުން 55 އަހަރުގެ ޑޭވިޑް މަރުވީ މިދިޔަ މަހު ކޮވިޑް ޖެހިގެން ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ. އޭނާ އިންތިހާބު ކާމިޔާބު ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.

ޓްރަމްޕްގެ ރިޕަބްލިކަން ގެ ފަރާތުން އެގޮނޑިތަކަށް ވާދަ ކުރުމަށް ޑޭވިޑް ހޮވުނީ އެޕާޓީގެ ނުފޫޒުގަދަ އެހެން ކެންޑިޑޭޓަކާއި ވާދަކޮށް، ހޮވިގެންނެވެ.

ޑޭވިޑް މަރުވިއިރު އިންތިހާބާބެހޭ މަސްއޫލުވެރިންނަށް އެކަން އެނގިފައިނުވާ މައްސަލަ މިހާރު ވަނީ ބަލަން ފަށާފައެވެ. ނަމަވެސް އޭނާ މަރުވިކަން ރިޕަބްލިކަން ޕާޓީގެ ނޯތް ޑެކޮޓާ ގޮފީގެ ކެންޕޭނާބެހޭ ފަރާތްތަކަށް އެނގޭކަމަށް މައުލޫމާތު ލިބެއެވެ.

ރިޕޯޓު ތަކުން ބުނާ ގޮތުގައި ޑޭވިޑްގެ ބަދަލުގައި ނޯތު ޑެކޮޓާގެ ޑިސްޓްރިކްޓް 8 ގެ ގޮނޑި އަށް އެެހެން ބޭފުޅަކު އިންތިހާބު ކުރުމާބެހޭ ލަފާ ނޯތް ޑެކޮޓާގެ ޕަބްލިކް ޕްރޮސެކިއުޓާ، އެސްޓޭޓްގެ އިންތިހާބާ ބެހޭ އިދާރާއަށް ދެއްވާނެކަމަށް އިންތިހާބާއިބެހޭ މަސްއޫލުވެރިން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!