ރިޕޯޓު

ކާމިޔާބު ދަރިވަރުން ގެންގުޅޭ ބައެއް އުކުޅުތައް

ކާމިޔާބު ދަރިވަރަކަށް ވުމަށް ކޮންމެ ކުއްޖަކު ވެސް މަސައްކަތް ކުރާނެކަން އެއީ ޝައްކެތް ވަސްވާހެއް އޮތް ކަމެއް ނޫނެވެ. އަދި ކޮންމެ މައެއް ވެސް އަދި ބަފައެއް ވެސް އެމީހުންގެ ދަރިން ކާމިޔާބު ދަރިވަރަކަށް ހަދަން ބޭނުން ވާނެކަން ޔަގީނެވެ.

އެގޮތުން ކާމިޔާބު ދަރިވަރަކަށް ވުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމަށް ބަލާލާނަމެވެ. އެންމެ ފުރަތަމަ ނިންޖަކީ ވަރަށް މުހިންމު އެއްޗެކެވެ. ކާމިޔާބު ވުމަށް ޓަކައި ތިމާ ރަނގަޅު ސިއްހަތެއްގައި ހުރުން ވަރަށް މުހިންމެވެ. އަދި ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ނިންޖަކީ މައިގަނޑު އެއް މަސްދަރެވެ. މަދުވެގެން 8 ގަޑިއިރު ނިދި ފުރިހަމަ ކުރުން ވަރަށް މުހިންމެވެ. އަދި ނިދި ހަމަކުރުމަށް އަވަހަށް ނިދުމާއެކު އަވަހަށް ހޭލުން ވެސް ވަރަށް މުހިންމެވެ.

އަވަހަށް ހޭލުމުގައި ވެސް ބޭނުމެއް ވެއެވެ. އެންމެ ފުރަތަމަ ސަބަބަކީ ފަތިސް ނަމާދެވެ. ފަތިސް ނަމާދަކީ ތިމާގެ ހިތް އަލިކޮށްދިނުމަށް ވަރަށް ބޮޑަށް އެހީވެދޭ ނަމާދެކެވެ. އަދި އެއަށް ފަހު ފަތިސް ގަޑީގައި ކިޔަވާނަމަ، އެއީ އެންމެ ފަސޭހައިން ސިކުނޑީގައި ކިޔަވާ ތަކެތި ހަރުލާ ވަގުތެވެ. އެންމެ ރަނގަޅަށް ސިކުނޑި މަސައްކަތް ކުރާ ގަޑިއެވެ. އެހެންކަމުން ފަތިސް ނަމާދު ވެސް ވަރަށް މުހިންމެވެ.

އަދި ހަމައެހެންމެ ކާމިޔާބު ދަރިވަރަކަށް ވުމަށް، ކިޔަވައިދޭ ވަގުތު ކުދި ނޯޓުތައް ނެގުމަކީ ވެސް ތިމާއަށް އެއެއްޗެހި ނަގައިގަންނަން ފަސޭހަވާނެ ކަމެކެވެ. އޮޅުން އަރައި ވަކި ހިސާބެއް ވާނަމަ، އެކަން ނޯޓުކޮށްލާފައި ފަހުން އެބައި ދަސްކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެއެވެ. އަދި އެގޮތަށް ނޯޓުކުރާ އެއްޗެހި ޓީޗަރު ކުރެން އެހުމަށް ފަހު އޮޅުން ފިލުވަން ވެސް ވާނެއެެވެ. އެހެނީ ކާމިޔާބު ކުއްޖެއްގެ އެންމެ ބޮޑު އެއް ސިއްރަކީ ސުވާލު ކުރުމެވެ.

 

  1. އައިޝާ

    އެގޮތައް ފިލާވަޅު ދަސްކުރުމަކީ އެންމެ ރަނގަޅު ގޮތް