Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

މުއިއްޒުގެ ކެންޑިޑެސީ ފޯމު ބަލައިގެންފި

މުއިއްޒުގެ ކެންޑިޑެސީ ފޯމު ބަލައިގެންފި
ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ ކެންޑިޑޭޓުގެ ޝަރުތު ފުރިހަމަވާކަމަށް ކަނޑައަޅައި، އިލެކްޝަންސް ކޮމިޝަނުން އޭނާގެ ކެންޑިޑެސީ ބަލައިގަނެފިއެވެ.
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި އެ ޕާޓީން ކަނޑައަޅާފައިވާ ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ރައީސް، ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެއްވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދެމެހެއްޓުމާއެކު، ޕީއެންސީގެ ކެންޑިޑޭޓުގެ ގޮތުގައި ކަނޑައަޅާފައިވާ ޑރ.މުޢިއްޒުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ މިއަދުއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަނުކުރެއްވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން އަދި ޖުޑީޝަރީން ކަނޑައަޅައި، އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި ކުރައްވާފައިވާ އިސްތިއުނާފުގެ މައްސަލަ ފަސްކޮށް އެމަނިކުފާނުގެ އިންތިޚާބީ ޙައްޤު ނިގުޅައިގަތީ ސަރުކާރުން ރާވައިގެންކަމަށް ދެކެވަޑައިގަންނަވާތީ، އެކަން އެންމެންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ޕީޕީއެމުން އިންތިޚާބު ބޮއިކޮޓުކުރުމަކީ ފެނިވަޑައިގަންނަވާ ޚިޔާލެއްގެ ގޮތުގައި ރައީސް ޔާމީން ޕީޕީއެމް/ޕީއެންސީ ސެނެޓަށް އިއްޔެ ހުށަހެޅުއްވި ނަމަވެސް ދެ ޕާޓީގެ ޖޮއިންޓް ސެނެޓުން ނިންމީ ބޮއިކޮޓުނުކޮށް އިންތިޚާބުގައި ވާދަކުރުމަކީ ރައީސް ޔާމީނު ޖަލުން މިނިވަންވެވަޑައިގަންނަވާނެ ގޮތް ކަމަށެވެ. (ތަފްސީލު އަންނަނީ...)

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް