އިސްލާމްދީނަށް ފުރައްސާރަކުރުމާ ދެކޮޅަށް ދުވާފަރުގައި އެއްވުމެއް ބާއްވައިފި
 
                                                    އިސްލާމްދީނަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ރ. ދުވާފަރުގައި އެއްވުމެއް ބާއްވައިފިއެވެ.
ދުވާފަރުން "ދެން" އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި މި އެއްވުން ބާއްވާފައި ވަނީ ހުކުރު ދުވަހުގެ ހަވީރުއެވެ.
އަދި މި އެއްވުމުގައި އެރަށުގެ 400 އެއްހާ މީހުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ޒުވާނުންނާއި މެދު އުމުރުގެ މީހުން ހިމެނޭ ކަން އޭނާ ފާހަގަ ކުރިއެެވެ.
އެއްވުމުގެ ބައިވެރިން ވަނީ ކީރިތި ރަސޫލާއާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުން ހުއްޓާލުމަށް ގޮވާލާ ތައްޔާރުކޮށްފައި ހުރި ތަފާތު އެކި އެކި ޕޯސްޓަރު ބޭނުންކޮށްފައެވެ.
ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފްރާންސްގެ ރައީސް ދެއްކި ވާހަކަތަކާ ގުޅިގެން ދިވެހިން ހިމެނޭހެން ދުނިޔޭގެ އެކި ހިސާބުތަކުގެ މުސްލިމުން އަންނަނީ ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރަމުންނެވެ. އަދި ފްރާންސާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
 
   
  
  
            
                     
            
                     
            
                             
            
                    
 
		
 
		
 
		
 
		
