ޚަބަރު

ރޭ ނިޔާވި މީހާގެ ފިރިމީހާވެސް ކޮވިޑް-19 އަށް ފައްސި، ހާލު ސީރިޔަސް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން ރޭ ނިޔާވި މީހާގެ ފިރިމީހާވެސް މި ބައްޔަށް ފައްސިވެއްޖެއެވެ.

Ads by Hajj Corporation

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ނިޔާވި މީހާގެ ފިރިމީހާ ކޮވިޑް-19 އަށް ފައްސިވެ، އޭނާގެ ހާލު ދެރައެވެ. އަދި އޭނާއަށް މިހާރު ގެންދަނީ އައިސީޔޫގައި ފަރުވާ ދެވެމުންނެވެ.

އޭނާއަށް ކޮވިޑް-19 ޖެހިފައިވޭތޯ ބެލުމަށް ހެދި ޓެސްޓުގެ ނަތީޖާ ލިބިފައިވަނީ މިއަދު ހެނދުނުއެވެ. އަދި އޭނާގެ ހާލު ދެރަވެ، އައިޖީއެމްއެޗްގެ ޑީއެޗް11 އަށް ބަދަލުކޮށްފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

ކޮވިޑް-19 ޖެހިގެން ރޭ ނިޔަވީ އުމުރުން 83 އަހަރުގެ މަރްހޫމާ އައިމިނަތު އާދަމް އަކީ ކޮވިޑް-19 ޖެހިފައިވާ މީހެއްގެ ސެކަންޑަރީ ކޮންޓެކްޓެކެވެ. އަދި އޭނާ ދިރިއުޅެމުންއައީ މޮނީޓަރިން ހާލަތުގައި ހުރި ގެއެއްގައި ކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!