ދުނިޔެ

އިންތިޚާބު ބޮޑު ތަނުން ކާމިޔާބު ކުރެވިއްޖެ: ޓްރަންޕް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕް

އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ނުކުރަނީސް އެމެރިކާގެ ރައީސަކު ހޮވުމަށް ބޭއްވި އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރެވިއްޖެ ކަމަށް އެމެރިކާގެ މިހާރުގެ ރައީސް އަދި ރިޕަބްލިކަން ކެނޑިޑޭޓް ޑޮނާލްޑް ޓްރަންޕް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޓްރަންޕް މިހެން ވިދާޅުވެފައިވަނީ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައެވެ.

ޓްރަންޕް މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު، އިންތިޚާބު ކާމިޔާބު ކުރެއްވުމާ ދިމާޔަށް ދަތުރު ކުރަމުން އަންނަ ކަމަށް ރޭ ބައިޑަން ވަނީ ވިދާޅުވެފައެވެ. މިކަމާ ގުޅިގެން މިއަދު ހެނދުނުގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ކަމަށް ވިދާޅުވެ ދޮގު މައުލޫމާތު ނުފެތުރުމަށް ބައިޑަންއަށް ޓްރަންޕް ވަނީ ނަސޭހަތެރި ވެވަޑައިގެންފައެވެ.

އަދި އިންތިޚާބާ ގުޅޭ ގާނޫނީ މަރުހަލާތަކެއް މިހާރު އެވަނީ ފެށިފައި ކަމަށާއި ޓްރަންޕަށް ވެސް އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ކަމަށް ވިދާޅު ވެވިދާނެ ކަމަށް ޓްރަންޕްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

މިހާތަނަށް ސާފުކޮށްފައިވާ އިލެކްޓޯރަލް ކޮލެޖް ވޯޓު ދައްކާ ގޮތުން ބައިޑަން އަށް 253 ވޯޓު ލިބިވަޑައިގެންފައިވާ އިރު ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ 214 ވޯޓެވެ. އަދި ފޮކްސް ނިއުސްފަދަ ބައެއް ނިއުސްތަކުގެ ޕްރޮޖެކްޝަންތަކުން ދައްކާގޮތުގައި، ބައިޑަންއަށް 264 އިލެކްޓޯރަލް ވޯޓް ލިބިފައިވެއެވެ. އެއީ އެރިޒޯނާގެ އިލެކްޓޯރަލް ކޮލެޖްއާ އެއްކޮށެވެ. ނަމަވެސް ޓްރަންޕް ދަނީ އެރިޒޯނާގައި ބައިޑަންއާ ދެމެދު އޮތް ފަރަގު ކުޑަ ކުރަމުންނެވެ. މިއާއެކު ބައެއް މީޑިޔާތަކުން ކުރިން އެގޮތަށް ޕްރޮޖެކްޓް ކުރި ނަމަވެސް، އެ ޕްރޮޖެކްޝަން ވަނީ ބާތިލް ކޮށްފައެވެ.

އިންތިޚާބުގެ އެންމެ ފަހުގެ އަދާހަމަ ބެއްލެވުމަށް ފިއްތަވާ ލައްވާ!

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!