ކުޅިވަރު

ރެސިޕީ: ތަންދޫރީ ޗިކަން

ދެން އެމްވީ ، ދެން އޮންލައިން

ބޭނުންވާނެ ތަކެތި

Ads by Sosun Fihaara

500 ގ. ބޯންލެސް ޗިކަން (ކޮށާފައި)

2 މޭޒުމަތީ ސަމްސާ ތަންދޫރީ ޕޭސްޓް

2 ލޮނުމެދު (ޗަސްކޮށްފައި)

2 މޭޒުމަތީ ސަމްސާ ލުނބޯ ހުތް

½ 1 ސައި ސަމްސާ ގަރަމް މަސާލާ

½ 1 ޖޯޑު ޕްލެއިން ޔޯގަޓް

ތައްޔާރުުކުރާނެ ގޮތް:

ކޮންޓެއިނަރަކަށް ތަންދޫރީ ޕޭސްޓް، ލޮނުމެދު، ލުނބޯ ހުތް، ގަރަމް މަސާލާ، އަދި ޔޯގަޓް އެޅުމަށްފަހު މީގެ ތެރެއަށް ކުކުޅުކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އަދި މެރިނޭޓް ކުރުމަށް ދެ ގަޑިއިރު ވަންދެން ފުރިޖުގައި ބަހައްޓާލާށެވެ.

އަވަން 180 ޑިގްރީ ސެލްސިއަސްއަށް ހޫނު ކުރުމަށްފަހު 40-30 މިނެޓް ވަންދެން މި ކުކުޅުކޮޅުތައް އަވަންގައި ފިހެލާށެވެ. ބަތް ނުވަތަ ރޮށި ކަހަލަ އެއްޗަކާ ކާލަން ވެސް ވަރަށް މީރު ވާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!