ރެސިޕީ: ޕައިނެޕަލް އަޕްސައިޑް ޑައުން ކޭކް
ބޭނުންވާ ތަކެތި:
1 ދަޅު އަލަނާސި
1 ކޭކް ފުއް ޕެކެޓް (ބެޓީ ކްރޮކަރގެ “ޔެލޯ ކޭކް މިކްސް” ނުވަތަ ޑަންކަން ހައިންސްގެ “ޕައިނެޕަލް ސުޕްރީމް”)
3 ބިސް ކުޑަ ތެޔޮ ކޮޅެއް
¼ ޖޯޑު ބަޓަރު ނުވަތަ މާޖިރިން (ދިޔާކޮއްފައި)
1 ޖޯޑު ބްރައުން ޝުގަރ ކުޑަ ޗެރީ ކޮޅެއް (މޭބިސްކަދުުރު ނުވަތަ ބެރީކަހަލަ އެއްޗެހިވެސް ރަނގަޅުވާނެ)
ކުޑަ ބަޓަރުކޮޅެއް (ޓްރޭގައި ހޭކުމަށް)
ހަދާނެ ގޮތް:
ކޭކް ފުއްޕެކެޓް ތައްޓެއްގެ ތެރެއަށް އަޅާލައިފަ އޭގެ ތެރެއަށް 3 ބިސް އަދި ތެޔޮކޮޅު އެޅުމައްފަހު ގިރާލާށެވެ. ފެން އެޅުމުގެ ބަދަލުގައި އަޅާނީ އަލަނާސި ދަޅުގައި ހުންނަ ފެނެވެ. ރަނގަޅަށް ގިރާލުމައްފަހު އެއްފަރާތެއްގައި ބަހައްޓާށެވެ.
ދެން ކޭކް އެޅުމަށް ހިޔާރުކުރާ ޓްރޭގެ (ވަށް ނުވަތަ ހަތަރެސްކަން ވިޔަސް ރަނގަޅުވާނެ) ވަށައިގެން ބަޓަރު ހޭކުމަށްފަހު، ދިޔާކޮށްފައި ހުރި ބަޓަރުކޮޅު އަޅާލާށެވެ. އެއަށްފަހު ބްރައުން ޝުގަރ ބަޓަރު ލޭޔާރު މައްޗަށް ބުރުއްސާލާށެވެ. ބަޓަރު ލޭޔަރު ފޮރުވެންދެން ބްރައުން ޝުގަރ އަޅަން ވާނެއެވެ.
އެއައްފަހު އަލަނާސި ފޮތިތައް ޓްރޭގައި އަތުރާލުމައްފަހު ކޮންމެ އަލަނާސި ފޮއްޗެއްގެ މެދައް އަދި ކައިރިއަށް ޗެރީއެއް ލާށެވެ. ހުރިހާ އެއްޗެއް އަތުރާލުމައްފަހު ހަކުރުގަނޑުގެ ތެރެއަށް އަލަނާސި ފޮތިތަކާއި ޗެރީތަށް މަޑުމަޑުން ވައްދާލާށެވެ.
ދެން ކުރިން ގިރި ކޭކް ފުއްގަނޑު ޓްރޭއަށް އޮައްސާލާށެވެ.
އަވަން 200 ޑިގްރީ ސެލްސިއަސްގައި 40 މިނެޓައް ޖެއްސުމަށްފަހު ކޭކް ފިހެލާށެވެ.
ކޭކް ފިހުނުކަން ޔަގީން ކުރުމަށް ކުޑަ އިލޮށިކޮޅެއް ކޭކްގެ މެދަށް ކޮއްޕާލުމަށްފަހު ނަގާށެވެ. އިލޮށީގައި ހޭކިފައި ނެތްނަމަ އެ ފިހެވުނީއެވެ. އަވަނުން ކޭކް ނެގުމައްފަހު ހޫނުކަން ހުއްޓައި ޓްރޭއިން ކޭކު ނެއްޓުމަށް ކޭކުގެ ވަށައިގެން ވަޅި ހިންގާލާށެވެ.
އެއައްފަހު ޓްރޭ ފޮރުވޭ ވަރުގެ ތައްޓެއް ނުފުށަށް ޓްރޭމަތީގައި އެޅުމަށްފަހު، ޓްރޭ އަނެއްފުށަށް ޖަހާލާށެވެ. ހަކުރުކޮޅު ފައިބަންދެން ޓްރޭ ނުނަގައި 5 ވަރަކަށް މިނެޓުވަންދެން ބަހައްޓަންވާނެއެވެ. ކުޑަކޮށް ހިހޫވުމުން އެހެރީ ކެއުމަށް ތައްޔާރުވެފައެވެެ. ފްރިޖްގައި ބަހައްޓާނަމަ މަތި ޖެހުމަށްފަހު ލާށެވެ.