ޚަބަރު

ތަކަންދޫއިން 3 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ހއ.ތަކަންދޫއިން 3 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

Ads by MWSC

އެރު ކައުންސިލުގެ ރައީސް އަހުމަދު ނިޔާޒުއާ ހަވާލާދީ "ސީއެންްއެމް" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އަށް 3 މީހަކު ކޮވިޑް-19 އަށް ފައްސިވިކަން އެނގުނީ މިއަދު މެންދުރުފަހު އެކެއްޖަހާކަން ހާއިރު ކަމަށެވެ.

އެ ރަށުން ފައްސިވި ތިން މީހުންނަކީ ކާވިޔާ ބޯޓުން ދަތުރުކުރި ތިން މީހުން ކަމަށް ވެސް ސީއެންއެމްގައި ރިޕޯޓުކޮށްފައިވެއެވެ.

އެ ބޯޓުން ތަކަންދު އަށް ދިޔަ 36 މީހެއްގެ ސާމްޕަލް ނެގިއިރު އަދި ނަތީޖާ ލިބުނީ އޭގެ ތެރެއިން ބައެއް މީހުންގެ އެވެ. ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުއްޖަކާއި އެ ކުއްޖާގެ މަންމަ އާއި އިތުރު އަންހެނެކެވެ.

އެ ބޯޓުން ދަތުރުކުރި ހއ. އުލިގަމު މީހަކު މީގެ ކުރިން ވަނީ އެ ބައްޔަށް ފައްސި އެވެ. އެކަމަކު އެ ރަށުން އިތުރު އެއްވެސް މީހަކަށް ބަލި ޖެހިފައި ނުވާތީ އެ ރަށް ވަނީ މޮނިޓަރިން އިން ވެސް ނަގައިފަ އެވެ. އެ ބޯޓުން ދަތުރުކުރި އެހެން ރަށެއްގެ މީހަކު ވެސް އަދި މިހާތަނަށް ފައްސިވެފައެއް ނުވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!