ޚަބަރު

މިއީ މިނިމަމް ވޭޖާއި ވަޒީފާ ނެތް މީހުނަށް އިނާޔަތް ހަމަޖައްސަން އެންމެ މުހިންމު ވަގުތު: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

މިއީ މިނިމަމް ވޭޖް އާއި ވަޒީފާ ނެތް ފަރާތްތަކަށް އެލަވަންސްއެއް ހަމަޖައްސަން އެންމެ މުހިއްމު ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި މިއީ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް އާއި ވަޒީފާ ނެތް މީހުނަށް އިނާޔަތެއް ހަމަޖެއްސުމަށް އެންމެ މުހިއްމު ވަގުތު ކަމަށެވެ.

ވަޒީފާ އަދާ ކުރާ ފަރާތްތަކަށް ދޭން ޖެހޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ވަޒީފާ ނެތް ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލައި ވަޒީފާ ލިބެންދެން އެ މީހުނަށް އިނާޔަތެއް ދޭން ޖެހޭ ގޮތަށް ހެދުމަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ "އެޖެންޑާ 19" ގެ މެނިފެސްޓޯގައި ވެފައިވާ ވައުދުތަކެކެވެ.

މިނިމަމް ވޭޖެއްގެ ގޮތުގައި ވޭޖް ބޯޑުން ކަނޑައަޅާފައިވަނީ 6،400ރ. އެވެ. މިކަމުގައި މަޖިލީހުގެ ލަފައެއް ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން އެ ރިޕޯޓު މަޖިލީހަށް ފޮނުވާފައިވާ އިރު މި ރިޕޯޓު ދިރާސާ ކުރުމުގެ މަސައްކަތް އިގްތިސާދީ ކޮމިޓީން އަންނަނީ ކުރަމުންނެވެ.

މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި އެ ދެ ރިޕޯޓް ދިރާސާ ވެސް ކުރި އެވެ. އެ ކަމުގައި އާންމުގެ ހިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާގައި ބައްދަލުވުމެއް ވެސް ބޭއްވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!