އިތުރު 7 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެ
އިތުރު 7 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ކޮވިޑް އަށް ހާއްސަކޮށްގެން އެޗްޕީއޭ އިން ތައްޔާރުކޮށްފައިވާ ވެބްސައިޓުގައި ބުނެފައިވާ ގޮތުން މި ބައްޔަށް އެންމެފަހުން ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި، ބަންގްލަދޭޝްގެ ދެ މީހެކެވެ.
މި ހަތް މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 475 އަށް އަރާފައެވެ. މީގެތެރޭގައި ހިމެނެނީ 150 ދިވެހިންނާއި 325 ބިދޭސީންނެވެ.
މި ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 17 މީހަކު ރަނގަޅު ވެފައިވާއިރު، އެކަކު ވަނީ ބަލީގައި ނިޔާވެފައެވެ.
Ads by Allied Insurance