ބޮލީވުޑް މުނިފޫހިފިލުވުން

ކާޖަލްގެ ދެމަފިރިން ހަނީމޫނަށް ރާއްޖެ!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދާދި ފަހުން ކައިވެނިކުރި ބޮލީވުޑުގެ ތަރި ކާޖަލް އަގަރްވާލްއާއި އޭނާގެ ފިރިމީހާ ގޯތަމް ކިޗްލޫ ހަނީމޫނަށް ރާއްޖެ އަތުވެއްޖެއެވެ.

Ads by MWSC

ތެލުގޫ، ހިންދީ އަދި ތަމިލް ފިލްމުތަކުން ފެނިގެން ދިޔަ ކާޖަލް ކައިވެނިކޮށްފައި ވަނީ މިދިޔަ ހަފްތާގައި މުމްބާއީގެ ތާޖް ޕެލެސް ހޮޓެލްގައެވެ. ކައިވެނީގެ ހަފްލާގައި ބައިވެރިވެފައި ވަނީ ދެފަރާތުގެ އާއިލާ އާއި ގާތް ރަހުމަތްތެރިން އެކަންޏެވެ.

މި ދެމަފިރިން ހަނީމޫނުގެ ދުވަސްތައް ހޭދަކުރަމުން އަންނަނީ ކޮންރަޑް މޯލްޑިވްސްގައެވެ.

ރާއްޖެ އައުމަށް ފަހު ނަގާފައިވާ ބައެއް ފޮޓޯތައް ދެ މީހުން ވެސް އަންނަނީ މީސް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

ކާޖަލް ވަނީ މީގެ ކުރިން ވެސް އޭނާގެ އާއިލާ އާއެކު ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައެވެ.

ކާޖަލް ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި އަޖޭ ދޭގްވަންގެ "ސިންގަމް" އާއި އަކްޝޭ ކުމާރުގެ "ސްޕެޝަލް 26" އާއި ރަންދީޕް ހޫޑާގެ "ދޯ ލަފްޒޯން ކީ ކަހާނީ" ހިމެނެ އެވެ. ކާޖަލްގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ ޑައިރެކްޓަރު ސަންޖޭ ގުޕްތާ ޖޯން އަބްރަހަމާއި އިމްރާން ހާޝިމީއާ އެކު ގެނެސްދޭ ގޭންގްސްޓާ ޑްރާމާ "މުމްބާއީ ސާގާ" އެވެ. އަދި އަންނަ އަހަރު ގެނެސްދޭ ކަމަލް ހަސަންގެ "އިންޑިއަން 2" ގެ ބަތަލާ އަކީ ވެސް ކާޖަލް އެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!