ޚަބަރު

7 ދިވެހިންނާއި 6 ބިދޭސީން ކޮވިޑް-19 އަށް ފައްސިވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިތުރު 7 ދިވެހިންނާއި 6 ބިދޭސީން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މި 13 މީހުންގެ ތެރޭގައި ހިމެނެނީ ހަތް ދިވެހިންނާއި ބަންގްލަދޭޝްގެ ހަ މީހެއް ކަމަށެވެ.

މި 13 މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 481 އަށް އަރާފައެވެ. މި ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 17 މީހަކު ރަނގަޅު ވެފައިވާއިރު، އެކަކު ވަނީ ބަލީގައި ނިޔާވެފައެވެ.

ރާއްޖެއިން ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ސަރުކާރުން މިހާރު ވަނީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް އިތުރުކުރަން ނިންމާފައެވެ.

އަދި ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދަންމާލަން ވެސް ވަނީ ނިންމާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!