ދަނގެތީގައި މަރުވި އުމުރުން ދުވަސްވީ މީހަކު ކޮވިޑަށް ޓެސްޓު ކުރަނީ
އދ. ދަނގެތީގައި މަރުވި އުމުރުން ދުވަސްވީ މީހަކު ކޮވިޑަށް ޓެސްޓު ކުރަން ނިންމައިފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ދަނގެތިން މިއަދު މަރުވީ އުމުރުން 79 އަހަރުގެ މީހެއް ކަމަށާއި އޭނާގެ އާއިލާ މީހުންނަށް ފެނުނު އިރު އޮތީ މަރުވެފައި ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ އަމަލުކުރަމުންދާ އުސޫލުތަކުގެ ދަށުން އެ މީހާ ކޮވިޑަށް ޓެސްޓް ކުރުމަށް މިހާރު ސާމަޕަލް ނަގާފައިވާ ކަމަށެވެ.
އޭނާގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ދަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކަމަށް އަފްޒަލް ވިދާޅުވިއެވެ. އެޗްޕީއޭއިން ކަނޑައަޅާފައިވަނީ ކޮވިޑްގައި މަރުވާ މީހުން ނުވަތަ ކޮވިޑަށް ޝައްކު ކުރެވޭ މީހުން ފެނުން ހިނެވުމުގެ ބަދަލުގައި ތައްޔަންމަމު ކުރުމަށެވެ.
ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ މިއަދު އައިޖީއެމް ހޮސްޕިޓަލަށްވެސް މަރުވެފައި އޮތް ދުވަސްވީ މީހަކު ވަނީ ގެނައި ކަމަށާއި އެއީވެސް 79 އަހަރުގެ މީހެއް ކަމަށެވެ. އެމީހާގެ ސާމްޕަލް ނަގާ ޓެސްޓްކޮށްފައިވާ ކަމަށާ ނަތީޖާ ނައްސި ކަމަށް އަފްޒަލް ވިދާޅުވިއެވެ.
މީގެ ކުރިން މިގޮތަށް މީހެއްގެ ސާމްޕަލް ނެގިފަހުން ވަނީ މަރުވެފައެވެ. އޭނާގެ ސާމަޕްލަ ފައްސިވުމާ ގުޅިގެން އެ އަންހެން މީހާ ވެފައިވަނީ ކޮވިޑްގައި ރާއްޖެއިން މަރުވި ފުރަތަމަ މީހާއަށެވެ.