ޚަބަރު

އިއްޔެ ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި 87 އަހަރުގެ އަންހެނެއް!

ދެން އެމްވީ ، ދެން އޮންލައިން

އިއްޔެ ކޮވިޑް އަށް ފައްސިވި މީހުންގެ ތެރޭގައި 87 އަހަރުގެ އަންހެނެއް ހިމެނޭ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. މިއީ މިހާތަނަށް ރާއްޖެއިން ކޮވިޑް އަށް ފައްސިވި އެންމެ ދުވަސްވީ މީހާކަން ފާހަގަކޮށްލެވެއެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން ކޮވިޑް ކޭސްތަކުގެ މަޢުލޫމާތު ގެނެސްދޭ ޑޭޝްބޯޑްގައިވާ ގޮތުން، ކޭސް 491 އަކީ އުމުރުން 87 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި މިމީހާއަކީ ކްލަސްޓަރ ކޭސްއެކެވެ.

ކޮވިޑް19 ގެ ނުރައްކާތެރިކަން އެންމެ ބޮޑު އެއް ބަަޔަކީ އުމުރުން ދުވަސްވީ މީހުނެވެ. ކޮވިޑް19 ޖެހި ރާއްޖެއިން މަރުވެފައިވާ މީހާއަކީ ވެސް 83 އަހަރުގެ އަންހެކެވެ.

އެޗްޕީއޭ ގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ކޮވިޑް19 ޖެހުނު މީހުންގެ ތެރޭގައި 80 އަހަރުން މަތީގެ 4 މީހެއް ހިމެނެއެވެ. އަދި 50 އަހަރާއި 80 އަހަރާއި ދެމެދުގެ 37 މީހުން ހިމެނެއެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 491 މީހަކު ވައިރަހަށް ފައްސިވެފައިިވާއިރު އޭގެ ތެރޭގައި ގިނައިން ހިމެނެނީ ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް ރައްޔިތުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!