ޚަބަރު

އެމެރިކާ އިން ރާއްޖެއަށް ދެ މިލިއަން ޑޮލަރުގެ އެހީއެއް ދީފި

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާ އިން ރާއްޖެއަށް 2 މިލިއަން ޑޮލަރު (31 މިލިއަން ރުފިޔާ)ގެ އެހީއެއް ދީފިއެވެ. މި އެހީ ދީފައިވަނީ އެ ގައުމުގެ އިކޮނޮމިކް ސަޕޯޓް ފަންޑިންގެ ގޮތުގައެވެ.

Ads by STELCO

މިކަން ހާމަކޮށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓުގައި ބުނެފައިވަނީ ކޮވިޑް19 ބަލިމަޑު ކަމުގެ މިި ދަތި ހާލަތުގައި މި ފަދަ އެހީތަކާއި އެއްބާރުލުން ބޭނުން ވާ ކަމަށެވެ.

މީގެ އިތުރުން މި އެހީ ވެދިން ކަމަށްޓަކައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ އަށާއި، އެމެރިކާއިން ސްރީލަންކާ އަދި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޓްސްއަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކޮށްފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ހާމަކޮށްފައިވާ ގޮތުގައި މި އެހީގެ ތެރޭގައި ސަރުކާރާއި، ޕްރައިވެޓް ސެކްޓާ ގެ އިތުރުން ފައިނެންޝަލް އިންސްޓިޓިއުަންސް އަށް ބޭނުން ވާ ޓެކްނިކަލް އެހީތެރިކަން ވެސް ހިމެނިގެންދާނެއެވެ.

2004 ވަނަ އަހަރަށް ފަހު އެމެރިކާއިން ރާއްޖެއަށް 30 މިލިއަން ޑޮލަރަށް ވުރެ ބޮޑު އެހީތެރިކަމެއް ވެދީފައިވާކަން ވެސް އެ ޑިޕާޓްމެންޓް އިން ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގެ އިތުރުން ދުނިޔޭގެ އިތުރު ގިނަ ގައުމުތަކަކަށް އެމެރިކާ އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޮވިޑް19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ގިނަ ފަރާތްތަކަކުން ރާއްޖެއަށް އެހީވަމުން އަންނައިރު ޖަޕާން ސަރުކާރުން ވަނީ އިއްޔެ ޔުނިސެފް މެދުވެރިކޮށް 5،634،468 މިލިއަން ދިވެހި ރުފިޔާ، އަދި ދިވެހި ރެޑް ކްރެސެންޓް މެދުވެރިކޮށް 2،852،700 މިލިއަން ދިވެހި ރުފިޔާ، ހިލޭ އެހީގެ ގޮތުގައި ދެއްވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!