ޚަބަރު

ފުވައްމުލަކުގައި ފިނިބުރު ޖެހުން ގިނަވާތީ ލިންކު ރޯޑު ބަންދުކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ފުވައްމުލަކުގައި ރޯދަ މަހު ހަވީރު ފިނިބުރު ޖެހުން މަނާ ކުރުމުން ވެސް އެކަން މަދު ނުވާތީ ލިންކު ރޯޑު ބަންދުކުރަން އެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

Ads by Hajj Corporation

ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ވަކި ގޮތެއް އަންގަން ދެން މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 12:00 އަށް ސިޓީގެ ލިންކު ރޯޑު ބަންދުކުރެވޭނެ ކަމަށެވެ.

އަދި ޒަރޫރީ ބޭނުމެއްގައި ފިޔަވައި ގެއިން ބޭރަށް ނިކުތުމަކީ ވެސް މަނާ ކަމެއް ކަމުގައި ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.

ބަންދުކޮށްފައިވާ ގަޑިތަކުގައި ލިންކު ރޯޑު ބޭނުން ކުރެވޭނީ، ހަމައެކަނި ފުލުހުންގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް މި އިއުލާނުގައި ހާމަކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!