ޚަބަރު

ރޭ މާލޭ މަގުމައްޗަށް ވެއްޓިފައި އޮތް އަންހެން ކުއްޖެއްގެ މައްސަލަ ބަލަނީ

ދެން އެމްވީ ، ދެން އޮންލައިން

ރޭ މާލޭ މަގުމައްޗަށް ވެއްޓިފައި އޮތް އަންހެން ކުއްޖެއްގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by Hajj Corporation

ފުލުހުން ބުނީ އެމީހާ އަކީ 18 އަހަރުގެ އަންހެނެއް ކަމަށާއި އެ މީހާ ވެއްޓިފައި އޮއްވާ ފެނުނީ ރޭ 3:30 އެހާކަށްހާއިރު ކަމަށެވެ.

އެމީހާ ވެއްޓިފައި އޮތް ސަރަހައްދަށް ގޮސް ފުލުހުންގެ ވެހިކަލް އަކަށް އަރުވައިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދެވުނުއިރު 4:08 ހާއިރު ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. ނަމަވެސް 4:31 ހާއިރު އެމީހާ ހޭ އަރާފައިވާ ކަމަށާއި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!