ޚަބަރު

އިތުރު 23 މީހަކު ފައްސިވެ، ކޮވިޑް ޖެހުނު މީހުންގެ އަދަދު 500 އަށް ވުރެ މައްޗަށް!

ދެން އެމްވީ ، ދެން އޮންލައިން

އިތުރު 23 މީހުން ފައްސިވެ، ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 500 އަށް ވުރެ މައްޗަށް އަރައިފިއެވެ.

Ads by MWSC

މިއަދު ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާ، ބަންގްލަދޭޝް 4 މީހުންގެ އިތުރުން އިންޑިޔާ މީހަކާއި ނޭޕާލް މީހެކެވެ.

މިއަދު ފައްސިވި މީހުނާއެކު ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 514 އަށް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ފައްސިވެފައިވަނީ ބަންގްލަދޭޝް އިންނެވެ. ބަންގްލަދޭޝް ގެ 265 މީހުން ވައިރަހަށް ފައްސިވެފައިވާއިރު ދެން އެންމެ ގިނައިން ފައްސިވެފައިވަނީ ދިވެހިންނެވެ. ރާއްޖޭގައި މިހާތަނަށް 174 ދިވެއްސަކުން ވަނީ ވައިރަހަށް ފައްސިވެފައެވެ.

މީގެ އިތުރުން އިންޑިއާ 52 މީހަކާއި ނޭޕާލްގެ ތިން މީހަކުވެސް މި ބަލި ޖެހުނު މީހުންގެ ތެރޭގައި ހިމެނެއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް އެކަކު (83 އަހަރުގެ ދިވެއްސަކު) ވަނީ މަރުވެފައެވެ. އަދި 17 މީހަކަށް ވަނީ ބަލިން ޝިފާ ލިބިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!