ޚަބަރު

ވަޒީފާ އަދާނުކުރާ ބިދޭސީން ކަރަންޓީން ކުރަން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ވަޒީފާ އަދާނުކުރާ ބިދޭސީން ކަރަންޓީން ކުރަން ނިންމައިފިއެވެ.

Ads by STELCO

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައުމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުނު އެންގުމުގައި ވަނީ މާލޭގައި ދިރިއުޅޭ ބިދޭސީންްގެ މެދުގައި ކޮވިޑް19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ ވަޒީފާ އަދާކުރާނެ ވަކި ތަނެއް ނެތް އަދި އުޅޭނެ ވަކި ތަނެއް ނެތް ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާ ހުރިހާ ބިދޭސީން، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީނު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރީންގެ ތެރެއިން ފުލުހުން މޮނީޓާކުރަމުން އަންނަ އެޑްރެސްތަކުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްތެރިންނަކީ ކޮވިޑް19 އަށް ފައްސިވެފައިވާ ގިނަ އަދަދެއްގެ ފަރާތްތަކާ ގުޅުންހުރި ފަރާތްތަކަށްވާތީ، އެމީހުން ވެސް އެންއީއޯސީން ކަނޑައަޅާ ތަނެއްގައި ކަރަންޓީނު ކުރުމަށް ނިންމާފައިވާ ކަމަށް އެ އެނގުމުގައި ވެއެވެ.

އަދި ކޮވިޑް19 އަށް ފައްސިވެފައިވާ ފަރާތަކާ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ދިމާވެފައިވާ އެންމެހާ ބިދޭސީންގެ ތެރެއިން ކޮވިޑް19 ގެ ނުރައްކަލަށް ހުށަހެޅިފައިވާ ނުވަތަ ބަލީގެ ނުރައްކަލެއް އޮތްކަމަށް ގަބޫލުކުރެވޭ އެންމެހާ ބިދޭސީ މަސައްކަތްތެރީން ވެސް ކްރަންޓީން ކުރުމަށް ވަނީ ނިންމައިފައެވެ.

މި ތިން ކެޓަގަރީގެ އިތުރުންް ވެސް، ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާ ނުވަތަ ބަލީގެ ނުރައްކަލެއް އޮތް ކަމަށް ގަބޫލުކުރެވޭ ހުރިހާ ބިދޭސީ މަސައްކަތްތެރިން ވެސް ކަރަންޓީނު ކުރަން ވަނީ ނިންމައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!