ދީން

މާޒީގައި ކުރެވިފައިވާ ފާފަތައް އެންމެންގެ ތެރޭގައި ނުފަތުރާ: ޝައިޚް ސަޢުދާން

ދެން އެމްވީ ، ދެން އޮންލައިން

މާޒީގައި ކުރެވިފައިވާ ފާފަތައް އެންމެންގެ ތެރޭގައި ނުފެތުރަމަށް ޝައިޚް ސަޢުދާން ނަސޭޙަތްތެރި ވެއްޖެއެވެ.

Ads by MWSC

ޝައިޚް ސަޢުދާން މިހެން ވިދާޅުވެފައިވަނީ މީސް މީޑިއާގެ ޗެލެންޖެއްގެ ގޮތުގައި މިހާރު ހިނގަމުންދާ މީހުންގެ ފޮޓޯ ހިއްސާ ކުރުމުގެ ޗެލެންޖާއި ގުޅުވައިގެންނެވެ. މިޗެލެންޖްގައި އެކި މީސްމީހުންގެ ފޮޓޯ އާންމު ކުރަމުންދާއިރު މިހާރު މިހާރު ބުރުގާ އަޅައިގެން އުޅޭ މީހުން ، އެމީހުންގެ ކުރީގެ ފޮޓޯތައް ނުވަތަ ބުރުގާ ނާޅާ ހުންނަ ފޮޓޯތައް ވެސް މީސްމީޑިއާގައި ހިއްސާ ކުރަމުން ދެއެވެ.

މިކަމަށް އިޝާރާތްކޮށް ޝައިޚް ސަޢުދާން ވިދާޅުވީ ވަރަށް ގިނަ އުޚްތުން އެމީހުންގެ ކުރީގެ (ޅައުމުރުގެ) ފޮޓޯ ، ޗެލެންޖެކޭ ކިޔާފައި ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރަމުންދާ ކަމަށާއި އޭރު ތިބާ އައުރަ ނުވާ ނުކުރިޔަސް މިހާރު ނިވާކޮށްފައިވުމާއެކު މާޒީގައި ކުރެވިފައިވާ ފާފަތައް އެންމެންގެ ތެރޭގައި ނުފެތުރުމަށެވެ.

މީގެ އިތުރުން މީހެއްގެ ގައިގައި ކެތްތެރިކަން އަށަގަތުމުގެ މާނައަކީ އެމީހެއްގެ އަމިއްލަ ނަފްސްގެ އެދުންވެރިކަމާއި ބޭނުންތަކުގެ މައްޗަށް ދީނާއި ބުއްދި އިސްކުރުން ކަމަށް އިބްނު ޤައްޔިމް ވިދާޅުވެފައިވާ ބަސްކޮޅެއް ގެންނަވާ ކެތްތެރިވުމުގެ ތަޢާރަފެއް ސަޢުދާން ޓްވީޓް ކުރައްވާފައިވެއެވެ.

1
4

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!