Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ދީން

ފާފަފުއްސެވުމަށް ދާންދެން ޝަފާޢަތްތެރި ވާނޭ 30 އާޔަތް

ފާފަފުއްސެވުމަށް ދާންދެން ޝަފާޢަތްތެރި ވާނޭ 30 އާޔަތް
ކީރިތި ޤުރުއާނަކީ ﷲގެ ވަހީ ބަސްފުޅެވެ. މުސްލިމުންގެ ދުސްތޫރައެވެ. އެއީ އަޅުތަކުން އުޅެންވީ ގޮތުގެ ޤާނޫނެވެ. އިންސާނުންގެ ނަފުސްތަކަށް އޮތް ރޫޙީ ފަރުވާއެވެ. ކީރިތި ޤުރުއާން ކިޔެވުމަކީ ހެޔޮކަމުގެ ބަރުދަން ބޮޑު އަޅުކަމެކެވެ. ހަމަ އެ ފަދައިން ޤުރުއާން އުނގައްނައިދިނުމަކީ ވަކީން ހެޔޮކަން ބޮޑު ކަމެކެވެ. މާތްﷲ ރުއްސުންލެއްވި ޢުޘްމާންގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. " خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ " (رواه البخاري) މާނައީ: ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ ޤުރުއާން އުނގެނި އެ ޤުރުއާން އުނގައްނައިދޭ މީހާއެވެ. ފަހެ އެ ޤުރުއާނުގައި އިންސާނާ ބޭނުންވާ ކޮންމެ ކަމެއްގެ ހެޔޮކަންވެއެވެ. ހިތަށް ތަސައްލީއާއި ލައްޒަތު ލިއްބައިދެއެވެ. ބަލިތަކުން ރައްކާތެރިވުމާއި ފަރުވާކުރުން ވެއެވެ. މިހުރިހާ ކަމަކާ އެކު ނަފްސުގެ ހިސާބު ދޭންޖެހޭ ދުވަހު ޤުރުއާންގެ އަހުލުވެރިންނަށް އެ ޤުރުއާން ޝަފާޢަތްތެރިވެއެވެ. އެމީހެއްގެ ފާފަތައް ފުއްސަވަންދެނެވެ. އަޅުތަކުންނަށް މިއަށް ވުރެ ވަކީން ބޮޑު އުފަލަކާއި ހިތްހަމަ ޖެހުމަކީ ކޮބައިތޯއެވެ. ވުމާ އެކު އަހަރެމެންނަކީ ޤުރުއާން ކިޔަވާ އެފަދައިން ޢަމަލުކުރާ ބައެއްކަމުގައި ވާންޖެހެއެވެ. ޤުރުއާންގެ މިންވަރެއް ހިތުގައި ނެތް އިންސާނެއްގެ ހިތަކީ ފަޅުވެ މަކުނު ވާފުރާފައިވާ ފަދަ ހިތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. عن أبي هريرة رضي لله عنه عن النبي صلى لله عليه وسلم قال: ((إِنَّ سُورَةً مِنْ الْقُرْآنِ ثَلَاثُونَ آيَةً ، شَفَعَتْ لِرَجُلٍ حَتَّى غُفِرَ لَهُ ، وَهِيَ سُورَةُ تَبَارَكَ الَّذِي بِيَدِهِ الْمُلْكُ)) [رواه الترمذي (2891) وأحمد في مسنده (7915) وحسنه الشيخ الألباني رحمه الله في “صحيح سنن الترمذي”] އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. “ހަމަކަށަވަރުން ކީރިތި ޤުރުއާނުގައި 30 އާޔަތް ވާ ސޫރަތެއް ވެއެވެ. އެ ސޫރަތް ކިޔަވާ މީހާއަށް އެމީހާގެ ފާފަތައް ފުހެވިއްޖައުމަށް ދަންދެން ޝަފާޢަތްތެރިވާނެއެވެ. އެ ސޫރަތަކީ تَبَارَكَ الَّذِي بِيَدِهِ الْمُلْكُ އެވެ.”

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް