ބްރިޖް މަތިން ދިޔަ މީހާގެ ހެދުން ހިއްލުނު މަންޒަރު ވީޑިއޯކޮށް އާންމު ކުރިއިރު ، ދިވެހީންގެ ހިތްހެޔޮކަން ކޮބާ؟
މަގުމަތީގައި އުޅޭއިރު މީހަކަށް އޮޅިގެން ސައިކަލުގެ ހަރު ޖައްސައިގެން ދާތަން ފެނިއްޖެ ނަމަ "ބޭބޭ! ހަރު" ގޮވާ ހަޅޭލަވާތަން ފެނެއެވެ. ސަބަބަކީ ހަރު ޖައްސައިގެން ސައިކަލު ދުއްވުމަކީ ރައްކާތެރި ގޮތަކަށް ނުވާތީއެވެ. ގޯޅިއަކުން އަޅާ ވަގުތު ވެއްޓުމުގެ ފުރުސަތު ހަރު ޖައްސައިގެން ދާ ނަަމަ ބޮޑުވާތީއެވެ. ހަމަ އެފަދައިން ރޭގަނޑުގެ ވަގުތުގައި ލައިޓު ނުދިއްލާ މީހަކު ސައިކަލުގައި ދާނަަމަ ބްރޯ ލައިޓޭ ގޮވާ ހަޅޭއްލަވާނެއެވެ. ލައިޓް ނުދިއްލާ ގޮސްފި ނަމަ ޖޫރިމަނާ ކޮށްފާނެތީއެވެ.ނުވަތަ ނުރައްކަލަކާ ކުރިމަތި ވެދާނެތީއެވެ.
މި ދެކަންތަކަކީ ދިވެހީންގެ ހިތްހެޔޮކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. ބައެއް މީހުން މަޖާޒީ ގޮތަށް އެވާހަކަ ދައްކާއިރު، ހަމަ ހަގީގަތުގައި ވެސް އެ ކަންތައްތަކީ ވަރަށް ރަނގަޅު ކަންތައް ތަކެކެވެ. އެކަކު އަނެކަކަށް އެހީތެރިވުމަކީ އެއީއެވެ. އެއްބައިވަންތަ މުޖުތަމައެއްގައި ފެންނަން ޖެހޭނެ ކަންކަމަކީ އެއީއެވެ. އެކަަކަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމަތް ކޮށްދިނުމަށް އަނެކާ އެހީތެރިވުމަކީ ކޮންފަދަ މާތް ކަމެއް ތޯއެވެ.
އަޅުގަނޑުވެސް ނިންމައިގެން ހުރީ ދިވެހީންގެ ހިތްހެޔޮކަން މަގުމަތީގެ މިފަދަ ކަންތައްތަކުން ވަރަށް ބޮޑަށް ދައްކުވައިދޭ ކަމަށެވެ. މީގެ ކުރިން އެކަންތަކަކީ ދިވެހީންގެ ހިތްހެޔޮކަން ދައްކުވައިދޭ ކަންކަމޭ ކިޔާ ވާހަކަ ދައްކައި ވެސް އުޅެމެވެ. ނަމަވެސް އިހަކަށް ދުވަހު މީސްމީޑިއާގައި އާންމުވި ވީޑިއޯއެއް ފެނި ވަރަށް ލަދުގަތެވެ. އެހާމެ ދެރަވެސް ވިއެވެ. ހިތަށް ވެރިވީ ބަޔާން ކޮށްދޭން ދަތި މާޔޫސް ކަމެކެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް ދިވެހީންގެ ސިކުނޑި ތަޣައްޔަރު ވެފައިވާ މިންވަރު ވިސްނިފައެވެ. ގޮތެއް ފޮތެއް ނެތް މިންވަރު ވިސްނިފައެވެ. އަޅުގަނޑުމެންނަކީ އިސްލާމުންނަށް ވާއިރު، ތަންދޮރު އޮޅުން ނުފިލާ ޖާހިލުންނެކޭ އެއް ދަރަޖަ އަކަށް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ވެއްޓުމުންނެވެ.
އެ ވީޑިއޯގައި ފެނިގެންދަނީ ބްރިޖް މަތިން ދާ އަންހެނެއްގެ ހެނދުން ފަހަތުން ހިއްލޭ މަންޒަރެވެ. ސިނަމާލެ ބްރިޖަކީ އަބަދު ވެސް ދުއްވާފައިދާއިރު ވަރަށް ގަދައަށް ވައި އަޅާ ތަނެކެވެ. އެ އަންހެން މީހާގެ ހެދުން ހިއްލުމުން، އެ އަންހެން މީހާގެ ގާތުގައި "ދައްތާ ހެދުން" ނުވަތަ ކޮއްކޯ ހެދުން" މިހެން ބުނުމުގެ ބަދަލުގައި ވީ ވީޑީއޯ ކުރަން ހެއްޔެވެ. މަގުމަތީގައި ހަރު އަދި ލައިޓްގެ ކަންކަމުގައި އެކަކު އަނެކަކަށް ބާއްވާ ހިތްހެޔޮކަން ކޮބައި ބާވައެވެ. އެ ހިތްހެޔޮކަން އެ ވީޑީއޯ ކުރި މީހުން އެތަނުން އެތަނަށް އެ ދުވަހު ކަފުން ކޮށް ވަޅުލީ ބާވައެވެ.
ވީޑިއޯ ކޮށްފައި އެކަނި ނިންމާލީއެއް ނޫނެވެ. އެ ވީޑިއޯ މީސްމީޑިއާގައި އާންމު ކުރީއެވެ. އެތައް ބަޔަކަށް ފެންނާނޭހެން އެ ވީޑިއޯ އާންމު ކުރުމުން އެ ވެއްޓެނީ ކާކުގެ އަގެއް ބާވައެވެ. އެ އަންހެން މީހާގެ އަގު ވައްޓާލަން އެމީހުން އެކަން ކުރި ކަމުގައިވިޔަސް ހަގީގަތުގައި އަޅުގަނޑަށް ފެނުނީ އެ ވީޑިއޯ ކުރި މީހުންގެ އިންސާނިއްޔަތުކަމެއް، ހިތްހެޔޮކަމެއް އެއް ގޮތަކަށް ވެސް ނެތް ކަމެވެ. އެހެން ނޫން ނަމަ، އެ މަންޒަރު ފެނުމުން ފަށާނީ ވީޑިއޯ ކުރާކަށް ނޫނެވެ. ގޮވާލާފައި އެ ވާހަކަ ނުބުނެވެން ވީ ސަބަބެއް އަޅުގަނޑަކަށް ހަމަ ނުފެނެއެވެ.
މިހެން އަޅުގަނޑު ބުނީމާ ވެސް ބައެއް މީހުންނަށް ގޯސް ވާނީ އަޅުގަނޑެވެ. ނުވަތަ އެމީހުންނަށް ގޯސް ވާނީ އެ އަންހެން މީހާ ލައިގެން އިން ހެދުމެވެ. އިސްލާމްދީނުގައި ހެދުން އަޅަން އޮންނަނީ އެހެން ނޫން ކަމަށް ބުނާނެއެވެ. މައްސަލައެއް ނެތެވެ. ދެތިން ސުވާލެއް އެބައޮތެވެ. އަޅުގަނޑު މިކުރާ ސުވާލަކީ އިސްލާމްދީނުގައި އެކަކު އަނެކަކު ފަޟީހަތް ކުރުން އޮވޭ ތޯ އެވެ. އެކަކު އަނެކަކަށް މަލާމާތް ކުރުން ދީނުގައި އޮވޭތޯ އެވެ. އެކުވެރިކަމާއި އެއްބައިވަންތަކަމަށް އަޅުގަނޑުމެންގެ އިސްލާމްދީން ބާރު ނާޅާތޯ އެވެ. އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރިވުމަކީ ދީނުގައި ކިހާ މިންވަަރަކަށް ބާރު އަޅުއްވާފައިވާ ކަމެއް ތޯއެވެ.
އަނެކާ ކުރާ ގޯސް ކަންތައްތައް ތިބާ ފާހަގަ ކޮށް އަނެކާގެ ވީޑިއޯ ތިބާ އާންމު ކުރާއިރު ތިބާއަށް މި ކުރެވެނީ މާ މޮޅު ކަމެއް ތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލުން ރަނގަޅެވެ.
ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ލަދުގަންނަން ޖެހެނީ މިފަދަ ކަންތައްތަކާއެވެ. މުސްލިމުންނަށް ވީތީ އަޅުގަނޑުމެން ހިތާމަ ކުރަން ޖެހެނީ މިފަދަ ކަންތައްތައް މުޖުތަމައުގައި ގިނަ ވަމުން ދާތީއެވެ. އަޅުގަނޑުގެ އޮތީ އެންމެ ސުވާލެކެވެ. ބްރިޖް މަތިން ދިޔަ މީހާގެ ހެދުން ހިއްލުނުއިރު ދިވެހީންގެ ހިތްހެޔޮކަން ކޮބައި ހެއްޔެވެ؟
އެމީހައަށް ވެސް އެނގޭނެދޯ އެގޮތަށް ހެނދުން އަޅާގެންދާއިރު ހިއްލޭނެކަން
ކޮންގޮތަކައް ހެދުން އެޅީމަ ވީގޮތެއް؟
ކަލޭ ފޮޓޯނަގާފަ މުޅި ސޯޝަލް މީޑިއާއަށް ލަންތަ މިހިރަ ގަމާރުމީހަކު ހުރި ސިފަ ބަލާށޭ ކިޔާފަ؟
ހިތްހެޔޮކަން ބުރިޖުމަތިން ވަޔާގޮައްސި
ހިތްތިރި ކަންއުތަ
ދައްތާއޭ ކިޔާ ގޮވާލާއިރަށް އަނެއް ދުވަހު އަންނާނީ ވަޅި ހިފާގެން ތިމަންނަގެ ބިޓާ ބެހުނީޔޭ ކިޔާފަ. މީ ދިވެހިންގެ ހާލަކީ
އޮފް ކޯސ.
ހެދުން އެވަރަށް ހިއްލުނު އިރު އެމަންޖެގެ ހިއްސުތައް ކޮބައިތޯ ސުވާލު ނުއުފެދޭތަ؟
ޙިސާބައް ވުރެ ކުރު ހެދުން ލައިގެން އުޅެންޏާ ވާނީ ތިހެން
މަންޖޭހެދުމޭކިޔާ ގޮވިނަމަ އެގޮވިމީހާ އޭގޯސްވާނީ އޭރުންހަމަ ތިބޭފުޅުން ޙަބަރުގަ ޖަހާނެ ބްރިޖް މަތިންދިޔަ އަންހެނަކާ ފޮށުނީއޭ… ނެތެއްނު ސަލާމަތެއް
އެކަހަލަ އަންހެން ކުދިން ބޭނުންވޭ މިރާއްޖޭގައި ހެދުންނުލައި ބިކިނީގަ އެކަނިއުޅެލަން އެވަރަށް ހެދުންހިއްލޭއިރު އެކަން އެއަންހެނާޔަށް ނޭގިނުހުންނާނެކަން ހަމަޔަގީން
ޜަނގަޅު އާޓިކަލް އެއް ބައެއް މީހުން ހަމަ ނުލަފަ އީ
އަހަރެންވެސް މީ އަންހެނެއް ވަރަށް ރަގަޅަށް އިގޭ ވައި އަޅައިގެން ހެދުން ހިއްލިފަ ހުރިއްޔާ،
އެގޮތަށް ހެދުން އެޅުން ގޯސް. ހަމަ އެހެންމެ އެގޮތަށް ވީޑިއޯ ކުރުންވެސް ގޯސް. މިޤައުމުގެ ބައެއް އަންހެން ދަރިން ހެދުން އަޅާފައި ހުންނަ ގޮތުން ލަދުގަންނަ ވަރުވޭ. އެފަދަ ގިނަ އަންހެނުން ބޭނުންވާ ސިއްކައަކީ ތިމާއްކީ ނިކަން “ހޮޓް” މީހަކަށްވުން. ނޫނީ އެންމެ “ހޮޓް” މީހާއަށް ވެ އެއްވެސް “ކަޓް” ކަމެއްނެތް މީހެއްކަމަށް އެހެން މީހުންނަށް ދެއްކުން. ބަނޑުމެދު ހާމައަށް ފެންނަގޮތަށް ހެދުން އެޅުމަކީ މިހާރު މިޤައުމުގައި ޢާންމު ކަމަކަށްވެއްޖެ. މިކަމަށް އެޅޭނެ ފިޔަވަޅެއް އޮތްކަމަކަށް ނުވޭ
މުޅިން ގޯސްވީ. އެއްދުވަހު ދައްތާއޭ ބުނެވިގެން މަކާނުލީ ކިރިޔާ… ހައްހައްހާ….
އެއީމައްސަލައެއްނޫން އެގޮއިވެސް ހޮޓްވީމަ އެހެންވަނީ
އަހަރެން ތި މަންޒަރު ހަމަލޮލުން ދުށިން. އެ ސައިކަލާ އަރާ ހަމަކޮށްފަ ބުނަންވެސް ބުނިން ހެދުން ހިއްލޭ ވާހަކަ. ވެދާނެ އެކަމު އޭރު ވީޑިއޯކޮށްފި ކަމަށްވެސް. ކޮން އޮފީހެއްގެ ވެހިކަލްއެއް ކަމެއް ނޭގެ..އެކަމު އެއީ ސަރުކާރު ކޮންމެސް ކުންފުންޔެއްގެ ވެހިކަލްއެއް
ފޭޮޓޯ ނެގުން ވީޑިއޯ ކުރުން ރަގަޅެކޭ ނުބުނަން އެކަމަކު އެވަރަށް ހެދުން ހިއްލޭކަން ނޭގި ނުހުންނާނެ. ޔަގީން. އެކަމުގައި ކުށްވެރި ކުރާހިތްވަނީ ހަމައެ އަންހެނާ.
ޢެކުއްޖާ ހިއްސު ސަލާމަތުން ހުރިއްޔާ ހެދުން ހިއްލޭކަން އެނގޭނެ. ތިރިކުރަން އުޅުންތަނެއް ނުފެނުން ެެެެެެެެެެެެެ އެކަމު