ރާއްޖޭގައި ކޮވިޑް ފެތުރުމުގައި އިދިކޮޅުގެ ދައުރު ބޮޑު ކަމަށް ވިދާޅުވުމުން އާރުޑީސީ އެމްޑީއަށް ފާޑުކިޔުން!
ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ދައުރު ބޮޑުކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަދި އެމްޑީޕީގެ ކައުންސިލް މެމްބަރު މޫސާ އަލީ މަނިކު ވިދާޅުޅުވުން އޭނާ އަށް ފާޑިކިޔުން އަމާޒު ވެއްޖެއެވެ.
އިއްޔެ ކުރެއްވި ޓްވީޓެއްގައި މޫކޭ ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން ދިއުމުގައި އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީގެ ދައުރު ވަރަށް ބޮޑުކަމަށެވެ.
އެގޮތުން ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމުން ނޫނީ ގޭގައި މަޑުނުކުރަން ހިތްވަރުދިނުމާއި، މުއައްސަސާތަކުން ކުރަމުން އައި ބުރަ މަސައްކަތް ފެއިލް ކޮށްލުމަށް ރޭވިގެން ހިންގުނު ހަރަކާތްތަކުން ރައްޔިތުން ހަލާކުގެ ތެރެއަށް ވައްޓާލިކަމަށް މޫކޭ ވިދާޅުވިއެވެ.
Raajjeyga Covid-19 fethurigen dhiumuga Idhikolhu PPM/PNC ge dhauru varah bodu. RY geah badhalu kureema noonee geyga madu nukurumah hiyvaru dhinumaai, muassasaa thakun kuramun ai bura masahkaiy fail kollumah reyvigen hingunu harakaaiythakun rayyithun halaakuge therah vattaali.
— Moosa Ali Manik