ކޮވިޑް ޖެހިފައިވާ ކަމަށް އަމިއްލަ އަށް އަޑު ފެތުރި މީހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ކ. ދިއްފުށީގައި ކޮވިޑް19 ޖެހިފައިވާ ކަމަށް އަމިއްލަ އަށް އަޑު ފެތުރި މީހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ހުރީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެކެވެ.
އެގޮތުން މި މީހާ ވަނީ އޭނާއަށް ކޮވިޑް19 ޖެހުނު ކަމަށް ރަށު ތެރޭގައި އަޑު ފަތުރާ އަދި ކޮވިޑް19 ގެ އަލާމާތަކެއް ހުރި ކަމަށް ބުނެ އެޗްޕީއޭ ގައި ރިޕޯޓުވެސް ކޮސްފައި ކަމަށް ފުލުހުން ހާމަކުރެއެވެ.
ނަމަވެސް އެޗްޕިއޭ ގެ ފަރާތުން އެ ރަށުގެ ހެލްތް ސެންޓަރުން އޭނާގެ ސާމްޕަލް ނަގަން އައުމުން އޭނާ ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.
އަދި އަމުރަށް ނުކިޔަމަންތެރި ވުމުގެ މައްސަލައިގައި މި މީހާ ފުލުހުންގެ ބެލުމުގެ ގެންގޮސްފައިވަނީ މިއަދުއެވެ.
Ads by Allied Insurance