ޚަބަރު

އިތުރު 5 މީހުން ކޮވިޑަށް ފައްސިވެ، ރާއްޖެއިން ޖުމްލަ 519 މީިހުނަށް ބަލި ޖެހިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިތުރު 5 މީހުން ކޮވިޑަށް ފައްސިވެ، ރާއްޖެއިން ޖުމްލަ 519 މީިހުނަށް ބަލި ޖެހިއްޖެއެވެ. މި ފަސް މީހުންގެ ތެރޭގައި ހިމެނެނީ 4 ދިވެހިންނާއި ސްރީލަންކާގެ ރައްޔިތެކެވެ.

Ads by MWSC

މިކަން ހާމަކޮށްފައިވަނީ ދާދި ދެންމެއަކު އެޗްޕީއޭ އިން ކުރި ޓްވީޓެއްގައެވެ.

އެއާއެކު ރޭ ބާރައިން ފެށިގެން މިހާތަނަށް ޖުމްލަ 38 މީހަކު ވަނި ވައިރަހަށް ފައްސިވެފައެވެ. މީގެ ކުރިން މިރޭ ވަނީ 23 މީހަކު ވެސް ވައިރަހަށް ފައްސިވެފައެވެ. އެއީ 17 ދިވެހިންނާ، ބަންގްލަދޭޝް 4 މީހުންގެ އިތުރުން އިންޑިޔާ މީހަކާއި ނޭޕާލް މީހެކެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ އަދަދު 500 އަށް ވުރެ މަތިވެފައިވާއިރު މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ފައްސިވެފައިވަނީ ބަންގްލަދޭޝް އިންނެވެ. ބަންގްލަދޭޝް ގެ 265 މީހުން ވައިރަހަށް ފައްސިވެފައިވާއިރު ދެން އެންމެ ގިނައިން ފައްސިވެފައިވަނީ ދިވެހިންނެވެ. ރާއްޖޭގައި މިހާތަނަށް 178 ދިވެއްސަކުން ވަނީ ވައިރަހަށް ފައްސިވެފައެވެ.

މީގެ އިތުރުން އިންޑިއާ 52 މީހަކާއި ނޭޕާލްގެ ތިން މީހަކާއި ސްރީލަންކާ ތިން މީހެއް ވެސް ހިމެނެއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް އެކަކު (83 އަހަރުގެ ދިވެއްސަކު) ވަނީ މަރުވެފައެވެ. އަދި 17 މީހަކަށް ވަނީ ބަލިން ޝިފާ ލިބިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!