ޚަބަރު

އެސްޓީއޯގެ މުވައްޒަފަކު ކޮވިޑަށް ފައްސި ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އެސްޓީއޯގެ މުވައްޒަފަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެސްޓީއޯއިން ފައްސިވި މުވައްޒަފު މީހާއަކީ އެސްޓީއޯގެ ލޭބާ ކުއާޓާއެއްގައި ދިރިއުޅޭ މީހެއް ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިކަމާ ގުޅިގެން އެސްޓީއޯ ސުޕަމާކެޓް އަދި އެސްޓީއޯ ޓްރޭޑް ސެންޓަރު އަދި އަމީނީ މަގު، މާފަންނުގައި ހުންނަ އެސްޓީއޯގެ ލޭބާ ކުއާޓާ ވަނީ މޮނީޓަރިން ހާލަތަށް ގެނެވިފައި ކަމަށެވެ.

އެތަންތަން މޮނީޓަރިން ހާލަތަށް ގެނެސްފައިވާއިރު، މަބްރޫކް ވިދާޅުވީ އެސްޓީއޯ ސުޕަމާކެޓާއި އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ގުދަން ޑީކޮންޓެމިނޭޓް ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

މަބުރޫކް ވިދާޅުވީ ޑީކޮންޓަމިނޭޝަންގެ މަސައްކަތް މިރޭ ނިމެނެ ކަމަށް ބެލެވޭ ކަމަށާ އޭގެ ފަހުން އެ ތަންތަން އާންމު ހާލަތަށް ގެނެވޭނެ ކަމަށެވެ.

މާލެއިން މިއަދު ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 28 އަށް އަރާފައެވެ. އެއާއެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 519 އަށް އަރާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!