ޚަބަރު

ކޮވިޑް-19: އިތުރު މީހަކު ބަލިން ރަނގަޅު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ޖެހުނު އިތުރު މީހަކު އެ ބަލިން ރަނގަޅު ވެއްޖެއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މީގެ އިރުކޮޅެއް ކުރިން އާންމު ކުރި މައުލޫމާތުން ދައްކާ ގޮތުގައި އިތުރު މީހަކު ވަނީ ކޮވިޑުން ސަލާމަތް ވެފައެވެ.

މިއާއެކު ރާއްޖޭގައި މި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 18 އަށް އަރާފައެވެ. އަދި އެކަކު ވަނީ ބަލީގެ ޝިކާރައަކަށް ވެ ނިޔާވެފައެވެ.

ފައްސިވެފައިވާ މީހަކު ބަލިން ރަނގަޅު ވެއްޖެ ކަމަށް ނިންމަމީ ބަލި ޖެހޭތާ 14 ދުވަސް ފަހުން އަލާމާތްތައް އެއްކޮށް ރަނގަޅުވެ، ހަދާ ދެ ޓެސްޓުގެ ނަތީޖާ ވެސް ނައްސިވުމުންނެވެ.

ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 519 އަށް އަރާފައެވެ. އޭގެތެރޭގައި ހިމެނެނީ 176 ދިވެހިންނާއި 343 ބިދޭސީންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!